Advertisement
ކ. މާލެ
|
7 ސެޕްޓެންބަރ 2025 | އާދީއްތަ 02:04
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު  މުހައްމަދު ރާއީ އެމްޑީޕީގެ "ޕިކްއަޕް" ޖަލްސާގައި ވާހަކަދައްކަވަނީ
ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ އެމްޑީޕީގެ "ޕިކްއަޕް" ޖަލްސާގައި ވާހަކަދައްކަވަނީ
ވީޑިއޯ ސްކްރީން ޝޮޓް
ޕިކަޕް ޖަލްސާ
ހިފެހެއްޓުން ބޮޑުވި ވަރަކަށް ފެންނާނީ އާއްމުން ސަރުކާރާއި ދެކޮޅަށް ނުކުންނަ މަންޒަރު: ރާއީ
ސަރުކާރުން ހިފެހެއްޓުން ބޮޑުވި ވަރަކަށް އާންމުން ސަރުކާރާ ދެކޮޅަށް ނުކުންނާނެ ކަމަށް ރާއީ ވިދާޅުވި
ސަރުކާރުން ވައްކަމުގެ ވާހަކަ ނުދެއްކޭގޮތަށް ނޫސްތަކުގައި ތަޅުއެޅުވުމަށް މަސައްކަތްކުރާކަމަށް ރާއީ ވިދާޅުވި
ރައީސް މުއިއްޒުގެ ވެރިކަމުގައި ދުސްތޫރީ ނިޒާމް ހަލާކު ކުރަމުންދާތީ އެމްޑީޕީން މުޒާހަރާ ކުރަން ނިންމި

ހިފެހެއްޓުން ބޮޑުވި ވަރަކަށް ފެންނާނީ އާއްމުން ސަރުކާރާއި ދެކޮޅަށް ނުކުންނަ މަންޒަރުކަމަށް ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން އިންތިޒާމުކުރި "ޕިކަޕް ޖަލްސާ"ގައި ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވީ މިހާރު ކޮންމެ ދިމާއަކުން ވެސް ދައްކަނީ ސަރުކާރުގެ ހިފެހެއްޓުމާއި އޮބަހެއްޓުމުގެ ވާހަކަ ކަމަށެވެ. ބައެއް މީހުންނަށް ވަޒީފާގެ ބިރު ދައްކާ އޮބަހައްޓަމުން ދާއިރު ނޫސްވެރިކަން ހިފަހައްޓަން ވެސް ސަރުކާރުން މަސައްކަތް ކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެހެންނަމަވެސް ވައްކަމުގެ ވާހަކަ ދެއްކުން ނުހުއްޓުވޭނެކަން ކުރިން ވެސް ދިވެހިން ވަނީ ދައްކުވައިދީފައި ކަަމަށް ރާއީ ވަނީ ވިދާޅުވެފައެވެ. އަދި ނޫސްތަކުގައި ތަޅު އަޅުވަން ސަރުކާރުން ބޭނުން ވަނީ ސަރުކާރުން ކުރާ ވައްކަމުގެ ވާހަކަ ދެއްކުވުން ހުއްޓުވަން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ދުނިޔޭގެ ޤައުމުތަކުގައި މިފަދައިން ހިފަހައްޓައިގެން އުޅެން ބޭނުންވާ ވެރިންނަށް ވާ ގޮތް ރައީސް މުއިއްޒު ވިސްނާލެއްވުން ރަނގަޅު ކަމަށް އޭނާ ވިދާޅުވިއެވެ.

"ބޭރު ޤައުމުތަކުގައި އަޅުގަނޑުމެންނަށް ފެނިއްޖެ ވެރިން ރައްޔިތުންގެ މައްޗަށް ގަދަ ބާރު ދައްކަން އުޅުމުން ކަންކަން ވީ ގޮތް. ބަންގްލަދޭޝްގައި ފެނުނީ އެ މަންޒަރު. އަޅުގަނޑުމެން ބޭނުމެއް ނޫން މުލިއާގޭގައި ހުންނަ އެނދު ހިފައިގެން އާއްމުން ދާ މަންޒަރު ބަލާކަށް." އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒު، ވެރިކަމާއި ހަވާލުވި ދުވަހުން ފެށިގެން ގަސްތުގައި ރާވައިގެން ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމް ހަލާކުކޮށްލުމުގެ ހަޑިހުތުރު މަސައްކަތް މެދުކެނޑުމެއް ނެތި ކުރަމުން ގެންދާތީ އެކަން ނިމުމަކަށް ގެނައުމަށް އިދިކޮޅު އެމްޑީޕީ އިން މާލޭގައި ސިލްސިލާކޮސް މުޒާހަރާ ކުރުމަށް ވަނީ ނިންމާފަ އެވެ.

އެމްޑީޕީން އެގޮތަށް ނިންމާފައި ވަނީ ސެޕްޓެމްބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ ކުރިޔަށް ދިޔަ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ 26 ވަނަ ޖަލްސާގަ އެވެ.

- ކޮމެންޓް