Advertisement
ކ. މާލެ
|
6 ސެޕްޓެންބަރ 2025 | ހޮނިހިރު 11:05
ގޭންގް ކުށްތަކުގެ އައު ގާނޫނުގެ ދަށުން ހައްޔަރުކުރި މީހުން
ގޭންގް ކުށްތަކުގެ އައު ގާނޫނުގެ ދަށުން ހައްޔަރުކުރި މީހުން
ރާއްޖެއެމްވީ
ގޭންގު ކުށްތައް
ގޭންގް ކުށްތަކުގެ އައު ގާނޫނުގެ ދަށުން ހައްޔަރުކުރި މީހުންގެ ވަނަވަރު އާއްމުކޮށް ބަންދުގެ މުއްދަތު ޖަހައިފި
ނަވާޒުގެ ބަންދަށް 30 ދުވަސް އަދި ޒައިދާން އާއި ޝިދާދު 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވޭ
ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރީ މިމަހުގެ 3 ވަނަ ދުވަހު
މި މައްސަލަ ފުލުހުންގެ ގެންދަނީ ތަހުގީގު ކުރަމުން

ގޭންގް ކުށްތަކާއި ނުރައްކާތެރި ކުށްތަކުގެ އައު ގާނޫނުގެ ދަށުން ހައްޔަރުކުރި ތިން މީހުންގެ ވަނަވަރު އާއްމުކޮށް ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ، މާލެ ތެރޭގައި ނުރައްކާތެރި ކުށްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕްތަކުން އިންތިޒާމް ވެގެން ނުރައްކާތެރި ކުށްކުރުމަށް ރާވައި، އެފަދަ ކުށްތައް ކުރުމަށް ބޭނުންކުރާ ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު އަދި އާލާތްތައް އެފަރާތްތަކުން ސޭފްހައުސްގެ ގޮތުގައި ބޭނުންކުރަމުންދާ ތަންތަނަށް ޖަމާކޮށް ނުރައްކާތެރި ކުށްތައް ކުރަން އުޅޭކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ހެންވޭރުގައި ހުންނަ ގެއެއް ކޯޓު އަމުރެއްގެ ދަށުން 2025 ސެޕްޓެމްބަރ 3 ވަނަ ދުވަހު ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ ގެއިން ތޫނު ހަތިޔާރު ފެނިފައިވާ މައްސަލައިގައި މއ. މޯނިންގވިޔު، އަޙްމަދު ނަވާޒު (30އ) އާއި މއ. މޯނިންގވިޔު، އިބްރާހީމް ޒައިދާން (22އ) އަދި ލ. މާބައިދޫ، ބަށިމާގެ، މުޙައްމަދު ޝިދާދު (22އ) ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، ނަވާޒުގެ ބަންދަށް 30 ދުވަސް އަދި ޒައިދާން އާއި ޝިދާދު 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި އަމުރު ކޯޓުން ކޮށްފައިވަނީ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.

މި މައްސަލަ ފުލުހުންގެ ގެންދަނީ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް