Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2025 | ބުރާސްފަތި 19:45
"މީޑިއާ ބިލް ބޭރުކުރޭ" ކަވަރެޖްގައި ސައިފް ފާތިހް ވާހަކަދައްކަވަނީ: ވިދާޅުވީ މީޑިއާ ބިލާއި ދޭތެރޭ މި ސަރުކާރުން ގެންގުޅޭ ގޮތްކުޑަ، ދެފުއްދެގޮތް އެޕްރޯޗް ވަރަށް ހުތުރު ކަމަށް
"މީޑިއާ ބިލް ބޭރުކުރޭ" ކަވަރެޖްގައި ސައިފް ފާތިހް ވާހަކަދައްކަވަނީ: ވިދާޅުވީ މީޑިއާ ބިލާއި ދޭތެރޭ މި ސަރުކާރުން ގެންގުޅޭ ގޮތްކުޑަ، ދެފުއްދެގޮތް އެޕްރޯޗް ވަރަށް ހުތުރު ކަމަށް
ރާއްޖެއެމްވީ
ކޮންޓްރޯލް ބިލް ބޭރުކުރޭ
މީޑިއާ ބިލާއި ދޭތެރޭ މި ސަރުކާރުން ގެންގުޅޭ ގޮތްކުޑަ، ދެފުއްދެގޮތް އެޕްރޯޗް ވަރަށް ހުތުރު: ފާތިހު
ރައީސް މުއިއްޒުގެ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮންޓްރޯލް ކުރާ ބިލާމެދު ސަރުކާރުން ދައްކަނީ ދެފުށް ދެގޮތް ވާހަކަތަކެއް
ނޫސްވެރިންނާއި ބައިނަލްއަޤުވާމީ ޖަމިއްޔާތަކުން ވަނީ މި ބިލާ ދެކޮޅަށް ހާމަކޮށްފަ
މީޑިއާ ކޮންޓްރޯލް ކުރުމަށް މި ބިލު ބޭނުންކުރަނީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަން ފޮރުވަން

ރައީސް ޑރ މުހައްމަދު މުއިއްޒުގެ މި ސަރުކާރުން މަޖިލީހަށް ހުށަހަލާފައި އޮތް މީޑިއާތަށް ކޮންޓްރޯލް ކުރާ ބިލާއި ދޭތެރޭ މި ސަރުކާރުން ގެންގުޅޭ ގޮތްކުޑަ، ދެފުއްދެގޮތް އެޕްރޯޗް ވަރަށް ހުތުރު ކަމަަށް މާލެ ސިޓީގެ ކައުންސިލް މެމްބަރު މުހައްމަދު ސައިފް ފާތިހް ވިދާޅުވެއްޖެ އެވެ.

އޭނާ އެފަދައިން ވިދާޅުވީ މީޑިއާތަކުން ގުޅިގެން ކުރިއަށް ގެންދާ "ކޮންޓްރޯލް ބިލް ބޭރުކުރޭ" ޚާއްސަ ކަވަރެޖުގައި ވާހަކަދައްކަވަމުންނެވެ.

ހީލަތްތެރި ރޭވުމެއްގެ ދަށުން މީޑިއާ ކޮންޓްރޯލް ކުރުމަށް ބިލެއް ފަރުމާކޮށް މަޖިލީހުގެ ތަޅުމަށް ލައިގެން އެ ބިލް ފާސްކުރަން ސަރުކާރުން ކުރަމުންގެންދާ މަސައްކަތް ހުއްޓުވުމަށް ނޫސްވެރިން އަންނަނީ އެކަމާއި ދެކޮޅަށް އަޑުއުފުލަމުން ނެވެ. އެގޮތުން ރައީސް އޮފީހާއި މުލިޔާގެ ކައިރިީއަށް އެއްވެ ނޫސްވެރިން ވަނީ އެ ބިލާއި ދެކޮޅަށް އިހުތިޖާޖު ވެސް ކޮށްފަ އެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރުން ކުރާ ބޮޑެތި ވައްކަންތަކާއި ހިންގާ ކޮރަޕްޝަނުގެ އަމަލުތައް ނޫސްވެރިން ތިލަކުރަމުން ގެންދާތީ އެކަން ހުއްޓުވުމަށް މީޑިއާތަށް ތަޅުއަޅުވައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިގުޅައިގަތުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތް ހުއްޓާލައި މިހާރު ހުށަހަޅާފައި އޮތް ބިލު ވަގުތުން ބޭރުކުރުމަށް ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި ޖަމާއަތްތަކުން ދަނީ ގޮވާލަމުންނެވެ.

އެހެން ނަމަވެސް މަޖިލީހަށް ލާފައި އޮތް މީޑިއާ ކޮންޓްރޯލް ކުރާ އެ ބިލު ބޭރުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފަ އެވެ.

މި ބިލާއި މެދު ނޫސްވެރިންގެ އިތުރުން ގިނަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ވެސް ކަންބޮޑުވުން ފާޅުކުރަމުން ގެންދާ މި ދަނޑިވަޅުގައި އެކަމާއި ގުޅޭގޮތުން ވާހަދައްކަވަމުން ސައިފް ފާތިހު ވިދާޅުވީ މި ބިލާއި މެދު މި ސަރުކާރުން ވާހަދައްކަމުން ގެންދަނީ ދެ އަނގައިން ކަމަށެވެ.

އެގޮތުން ބައެއް ފަހަރު އެ ބިލަކީ ސަރުކާރާއި ބެހޭ ބިލެއް ނޫން ކަަމަށް ބުނާ ކަމަށާއި އެއީ އަމިއްލަ މިނިވަން މެމްބަރަކު ހުށަހަޅުއްވާފައި އޮތް ބިލެއް ކަމުން އެކަމާއި މެދު ގޮތެއް ނިންމުން އޮތީ މަޖިލީހުގެ އަތްމަތީގައި ކަމަށް ރައީސް ޑރ މުހައްމަދު ވިދާޅުވާ ކަމަށެވެ، އަދި އަނެއްބައި ފަހަރު ނޫސްވެރިން ނަކީ ވަކި އިމެއްގެ ތެރޭގައި ތިބެންޖެހޭ ބައެއް ކަމަށާއި ބޭނުންހާ ވާހަތަކެއް ލިޔެ އާންމުކުރުުގެ މިނިވަން ކަން ނޯންނާނޭ ކަމަށް ވެސް ރައީސް ވިދާޅުވާ ކަމަށެވެ.

ފާތިހު ވިދާޅުވީ ދެ އަނގައިން ދައްކާ ވާހަތަކުގެ ސަބަބުން މިއަދު މި ސަރުކާރުން ކުރަން އެ އުޅޭކަންތައް އެންމެނަށް ވެސް ވަރަށް ސާފު ކަމަށާއި ބޭނުންވަނީ ނޫސްވެރިންނާއި މީޑިއާތަށް ތަޅުއަޅުވަން ކަމަށެވެ.

މިސާލަކަށް ހިނގާ ބަލަމާ. މިހާރު ހުށަހަޅާފައި އޮތް ބިލަކީ މީޑިއާ ބިލެއް ނޫނޯ.. އެއީ މަސްވެރިކަމާއި ގުޅޭ ބިލެކޯ.. ދިވެހިރާއްޖޭގެ އެއްވެސް މަސްވެރިއެއްކައިރި ނާހާ، މަސްވެރކަމާއި ބެހޭ ބިލެއް މަޖިލީހަށް ހުށަހެލީމަ ކިހިނެއްތޯ ވާނީ..؟ ވަރަށް ބޮޑު މައްސަލައަކަށް ވާނެ، ވަރަށް ރިޑިކިއުލަސް މައްސަލައަކަށް ވާނެ. އެންމެ ރަނގަޅު މަސްވެރިންގެ 80 އިންސައްތަ މީހުން ޕެޓިޝަނެއްގަ ސޮއިކޮށްފަ ބުނީ، އޭ ތި ބިލް ގޯހޭ. ދެން ކިހިނެތްތޯ ހަދާނީ.. އެހެން ވީމަ ރާއްޖޭގެ 80 އިންސައްތް ނޫސްވެރިން ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅީމަ ވަރަށް ސާފު ދެއްތޯ، މި ބިލް ގޯސްކަން.

މާލެ ސިޓީގެ ކައުންސިލް މެމްބަރު މުހައްމަދު ސައިފް ފާތިހް

ސައިފް ފާތިހު ވިދާޅުވީ ރާއްޖޭގެ ސުޕަމެޖޯރިޓީ ނޫސްވެރިންނާއި ބައިނަލްއަގުވާމީ ޖަމްޢިއްޔާ ޖަމާއަތްތަކުން ވެސް މި ބިލާއި މެދު ކަންބޮޑުވުން ފާޅުކުރައްވާ އިރުގައި މި ސަރުކާރުން އެކަމަށް އެއްވެސް އިޖާބައެއް ދެއްވުމެއް ނެތި މި ބިލު ބޭރުކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް ދަނީ ބުނަމުން ކަމަށެވެ.

ފާތިހު ވިދާޅުވީ މި ބިލަކީ މި ސަރުކާރުގެ ރޭވުމުން ނޫސްވެރިން ތަޅުއަޅުވައި މީޑއާތަކުގެ އަނގަބަންދުކުރުމަށް ކުރަމުން ގެންދާ މަސައްކަތެއް ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

- ކޮމެންޓް