ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 12:11
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
ގޫގުލް
ރޮނާލްޑޯ
ޕެލޭ ފަހަތަށް ޖައްސާލުމަށްފަހު ރޮނާލްޑޯ ގަދަ ފަހަކަށް
ރޮނާލްޑޯވަނީ ޕޯޗުގަލްއަށް ކުޅުނު 144 މެޗުގައި 79 ގޯލު ކާމިޔާބު ކޮށްދީފަ

އިންޓަނޭޝަނަލް ފުޓުބޯޅައިގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި ޕެލޭ ފަހަތަށް ޖައްސާލުމަށް ފަހު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފަސްވަނައަށް ޖެހިލައިފިއެވެ.  

މި ލިސްޓުގެ ފަސްވަނައަށް ރޮނާލްޑޯ ޖެހިލާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ވޯލްޑް ކަޕް ކޮލިފައިންގައި ފެރޯ އައިލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދި ހެޓްރިކާ ވިދިގެންނެވެ. މި މެޗުގައި ރޮނާލްޑޯގެ އިތުރުން ޕޯޗުގަލްއަށް ލަނޑު ޖަހައިދީފައި ވަނީ ވިލިއަމް ކަވާލިއޯގެ އިތުރުން ނެލްސަން އޮލިވޭރާއެވެ.

މީގެ ކުރިން މި ލިސްޓުގެ ފަސް ވަނައިގައި އޮތީ ބްރެޒިލްއާއެކު ތިން ފަހަރު ވޯލްޑްކަޕް ކާމިޔާބު ކުރި ޕެލޭއެވެ. ބްރެޒިލްއަށް ކުޅުނު 92 މެޗުގައި ޕެލޭ ވަނީ 77 ލަނޑު ޖަހާފައެވެ. ފީފާއިން ހޮވި 20 ވަނަ ގަރުނުގެ ޖޮއިންޓް ޕްލޭޔާ އޮފްދަ ސެންޗަރީ ހޯދި ޕެލޭވަނީ ރޮނާލްޑޯއަށް މަރުހަބާ ކިޔުމުގެ ގޮތުން ޓުވީޓެއް ކޮށްފައެވެ.

ރޮނާލްޑޯވަނީ ޕޯޗުގަލްއަށް ކުޅުނު 144 މެޗުގައި 79 ގޯލު ކާމިޔާބު ކޮށްދީފައެވެ.

އިންޓަނޭޝަނަލް ފުޓުބޯޅައިގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައިގައި 109 ލަނޑާއެކު އޮތީ އީރާންގެ އަލީ ޑެއީއެވެ. އަދި ދެވަނައިގައި 84 ލަނޑާއެކު އޮތީ ފްރޭންކް ޕުސްކާސްއެވެ. ޖަޕާނުގެ ކުނިޝިގޭ ކަމަމޯޓޯ 80 ލަނޑާއެކު ތިންވަނައިގައި އޮތްއިރު 79 ލަނޑާއެކު ހަތަރު ވަނައިގައި އޮތީ ޒެމްބިއާގެ ގޮޑްފްރޭ ޗިޓާލޫއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް