Advertisement
ކ. މާލެ
|
28 އޯގަސްޓް 2025 | ބުރާސްފަތި 17:48
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު
ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު
ރާއްޖެއެމްވީ
މީޑިއާ ބިލު
ބިލު އެކުލަވާލުމުގެ މަރުހަލާގައި ސަރުކާރަށް މައުލޫމާތެއް ލިބިފައި ނެތް - ހަލީލު
މީޑިއާ ކޮންޓްރޯލް ކުރުމަށް ހުށަހެޅި ބިލު މަޖިލީހުން ވަނީ ބަލައިގަނެފަ
ބިލު އެކުލަވާލުމުގެ މަރުހަލާގައި ސަރުކާރަށް އެއްވެސް މައުލޫމާތެއް ލިބިފައި ނުވޭ
ބިލު ބަލައިގަތުމަށް 49 މެންބަރުން ވޯޓުދީ 12 މެންބަރުން ވޯޓުދިނީ ދެކޮޅަށް

މީޑިއާ ކޮންޓްރޯލް ކޮށް މީޑިއާގައި ތަޅު އެޅުވޭގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު އެކުލަވާލުމުގެ މަރުހަލާގައި ސަރުކާރަށް އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ޚަލީލް ވިދާޅުވެއްޖެ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލައި ރައީސް ޑރ މުހައްމަދު މުއިއްޒު ބޭނުންވާ ގޮތަށް މީޑިއާތައް ކޮންޓްރޯލް ކުރުމަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން ވަނީ ބަލައިގަނެފައެވެ. ބިލު ބަލައިގަތީ ޕީއެންސީގެ މެންބަރުގެ ތާއީދާއެކުއެވެ. އަދި މި ބިލަކީ ސަރުކާރު އަޑީގައި އޮވެގެން ތުޅާދޫ ދާއިރާގެ މެންބަރ އަބްދުލް ހަންނާން މެދުވެރިކޮށް ހުށަހެޅި ބިލެކެވެ.

މިބިލުގައި ސަރުކާރުގެ އެއްވެސް ދައުރެއް ނުވާނެކަމަށް ސަރުކާރުން ބުނިނަމަވެސް މަޖިލީހުގައި ސަރުކާރުގެ މެންބަރުން ދައްކާ ވާހަކަތަކުން މި ބިލަށް ސަރުކާރުން ތާއިދުކުރާކަން ހާމަވެ އެވެ.

ބިލުގައި ހުރި ކަންބޮޑުވުންތަކާއެކު ނޫސްވެރިން މީޑިއާ ފެންޑާގައި އިހުތިޖާޖު ކުރުމުން އެތަނަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވަޑައިގެންނެވުމުން ރާއްޖެ ޓީވީ އިން ސުވާލުކުރުމުން އޭނާ ވިދާޅުވީ ބިލު އެކުލަވާލުމުގެ މަރުހަލާގައި އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ. އަދި މަޖިލީހަށް މިނިވަން މެންބަރަކު ބިލެއް ލުމަކީ އޭނާއަށް އޮތް މިނިވަންކަމެއް ކަމަށާއި، އޭގައި ހުރި މީޑިއާ ކަންބޮޑުވާ ކަންކަމަށް ސަރުކާރުން އެޑްރެސް ކުރަން ބޭނުންވާ ކަމަށެވެ.

ހަލީލު ވިދާޅުވީ މީޑިއާ ބިލު ފާސްވެއްޖެއްޔާ ނޫސްވެރިން މިހާރު ތިބި ގޮތަކަށް ނުތިއްބަވާނެ ކަަމަށެވެ. އަދި ބިލު ބޭރުކޮށްލުމުން އޮތް ފައިދާއެއް ވިދާޅުވުމަށް ސުވާލުރައްވާ ހަލީލު ވިދާޅުވީ އިސްލާހު ގެންނަން ބޭނުންވާ ކަންކަމުގެ ލިސްޓެއް މަޖިލީހަށް ދެއްވިދާނެ ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި 'ނެރޭ، ބޭރުކޮށްލާ، އިހުތިޖާޖު' މިއީ މީޑިއާ ހަރަކާތެއް ނޫން ކަމަށާއި، މިކަމުގައި އެހެން ބައެއްވެސް ހިމެނޭ ކަމަށެވެ.

ން ބިލު ބަލައިގަތުމަށް ވޯޓު ދިނީ 49 މެންބަރުންނެވެ. ބިލު ބަލައިގަތުމާއި ދެކޮޅަށް ވޯޓު ދެއްވީ 12 މެންބަރުންނެވެ. އަދި މަޖިލީހުގެ ތަޅުގައި ތިބި ނަމަވެސް 5 މެންބަރަކު ވޯޓު ނުދެއްވައެވެ.

- ކޮމެންޓް