Advertisement
ކ. މާލެ
|
28 އޯގަސްޓް 2025 | ބުރާސްފަތި 14:35
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވުން ފާހަގަ ކުރުމަށް ބޭއްވި ޑްރޯންސް ޝޯ ގެ މަންޒަރެއް. 26 ޖުލައި 2025
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އާ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވުން ފާހަގަ ކުރުމަށް ބޭއްވި ޑްރޯންސް ޝޯ ގެ މަންޒަރެއް. 26 ޖުލައި 2025
އެކްސް
އެމްއޭސީއެލް
ސަރުކާރަށް ފާޑުކިޔާތީ އެމްއޭސީއެލް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި
އެމްއޭސީއެލްގެ މުވައްޒަފަކު ސޯޝަލް މީޑިޔާގައި ސަރުކާރަށް ފާޑުކިޔުމުގެ ސަބަބުން ވަޒީފާއިން ވަކިކޮށްފި
އޮފިސަރ އަހްމަދު ޝާހީލް މުހައްމަދު ވަޒީފާއިން ވަކިކުރީ ފޭސްބުކުގައި ރައީސް މުއިއްޒަށް ފާޑުކިޔާ ޕޯސްޓްތަކެއް ކުރުމުން
ޝާހީލްގެ ޕޯސްޓްތަކަކީ ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފު އަދި ކުންފުންޏަށް ގެއްލުން ލިބޭނެ ޕޯސްޓްތަކެއް ކަމަށް ބުނެފައިވޭ

ސޯޝަލް މީޑިޔާގައި މިސަރުކާރަށް ފާޑުކިޔާތީ ކަމަށް ބުނެ އެމްއޭސީއެލްގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ. އޭނާ ކަނޑާލިކަމަށް އަންގާ އެމްއޭސީއެލް އިން ފޮނުވާފައިވާ ލިޔުން ކަމަށްބެލެވޭ ލިޔުމެއް ސޯޝަލް މީޑިޔާގައި ދައުރުވަމުން ދެއެެވެ.

އެމްއޭސީއެލްގެ ސީނިއަރ ޖެނެރަލް މެނޭޖަރ، ހިއުމަން ރިސޯސަސް އަލީ ހުޒައިމް ސޮއިކޮށް ފޮނުވާފައިވާ މި ލިޔުމުގައި ވާގޮތުން ކަނޑާލާފައިވަނީ އޮފިސަރ، ޑިޕޯ އޮޕަރޭޝަންސްގެ މަގާމުގައި ހުރި ގދ. ތިނަދޫ/ތްރަޝް އަހްމަދު ޝާހީލް މުހައްމަދެވެ. އެލިޔުމިގައި ފާހަަގަކޮށްފައިވާ ގޮތުން އަހްމަދު ޝާހީލް ކަނޑާލީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށާއި، ކުންފުނީގެ އެކި ކަންކަމާއި ސަރުކާރާއި ގުޅުވައިގެން އަހްމަދު ޝާހީލް 'ފޭސްބުކް" ގައި ހިއްސާ ކޮށްފައިވާ ޕޯސްޓް ތަކެއްގެ ސަބަބުންނެވެ. އެ ޕޯސްޓްތަކުގެ ސަބަބުން ކުންފުންޏަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށާއި، އަދި ރައީސް މުއިއްޒަށް ނިސްބަތްކޮށް ކޮށްފައިވާ ޕޯސްޓްތަކަކީ ކުންފުނީގެ ކޯޑް އޮފް ކޮންޑަކްޓާއި ހިލާފު އަމަލެއް ކަމަށް ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ފޭސްބުކް ގައި ޕޯސްޓެއް އަމިއްލަ ޕޮރޮފައިލް އިން ޝެއަރ ކުރުމުން ދޭހަވަނީ އެޕޯސްޓަކަށް ތާއީދުކޮށް ހިތްވަރު ދިނުންކަމުގައި އެލިޔުމުގައި ވެއެވެ. އެހެން ކަމުން މުވައްޒަފަށް ކުންފުނިން ކުރަމުން އައި އިތުބާޜު ގެއްލިއްޖެ ކަމަށްވެސް އެލިޔުމުގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ރާއްޖެއެމްވީ އިން ސުވާލުކުރުުން އެމްއޭސީއެލްގެ މީޑިޔާ ހެޑް ބުނީ، މިކަހަލަ ކަމަކާ ގުޅިގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރިކަން އަދި ޔަގީން ނުވާ ކަމުގައެވެ.

އެމްއޭސީއެލްގެ މުވައްޒަފުންގެ ކަންބޮޑުވުންތައް ދޭތެރެދޭތެރެއިން މީޑިޔާ އަށްވެސް ތިލަވެއެވެ. އޭގެ ތެރޭގައި މިފަހުން އެމްއޭސީއެލް ވީއައިޕީ ލޯންޖްގަ މަަސައްކަތްކުރާ މުވައްޒަފުންނަށް އިންޒާރުދޭ ކަމުގެ ކަންބޮޑުވުން ބައެއް މުވައްޒަފުން ވަނީ ހިއްސާ ކޮށްފައެވެ.އަދި މީގެ ދުވަސްކޮޅެއް ކުރިން އެމްއޭސީއެލްގެ ޑިއުޓީ ފްރީ ގައި މަސައްކަތްކުރާ މުވައްޒަފުން ޑިއުޓީއަށް ނިކުންނައިރު ފޯނު ގެނައުން މަނާ ކުރާ ގޮތަށް ނޯޓިސްއެއް ނެރެފައިވާ ކަމަށް މުވައްޒަފުން މައުލޫމާތު ދީފައިވެއެވެ. ނަމަވެސް އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މީޑިޔާތަކުން އެޚަބަރު ރިޕޯޓް ކުރުުމުން ފަހުން އެނޯޓިސް ބާތިލު ކުރިކަމަށްވެސް އޭރު މުވައްޒަފުން މައުލޫމާތު ދީފައިވެއެވެ.

- ކޮމެންޓް