Advertisement
ކ. މާލެ
|
27 އޯގަސްޓް 2025 | ބުދަ 23:45
ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއަރމަން، މުހައްމަދު އުމަރުމަނިކުގެ
ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއަރމަން، މުހައްމަދު އުމަރުމަނިކުގެ
ރާއްޖެއެމްވީ
މުހައްމަދު އުމަރުމަނިކު
އެމްޔޫ މަނިކުގެ ސިއްހީ ހާލުކޮޅު ގޯސްވެ ސިންގަޕޫރުގައި ފަރުވާދެނީ
ޔުނިވާސަލް ގެ ޗެއަރމަން މުހައްމަދު އުމަރުމަނިކަށް ފަރުވާ ދެމުން ގެންދަނީ އައިސީޔޫގައި
ފަރުވާ ދެމުންދަނީ ފުއްޕާމޭގެ އާލާސްކަންފުޅަކަށް
އެމްޔޫ މަނިކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ އަދި ގިނަ ދިވެހިންނަށް ތައުލީމީ އަދި ސިއްހީ ރޮނގުން އެހީތެރިކަން ފޯރުކޮށްދެއްވާ ބޭފުޅެއް

ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއަރމަން، މުހައްމަދު އުމަރުމަނިކުގެ ސިއްހީ ހާލުކޮޅު ގޯސްވުމާ ގުޅިގެން ސިންގަޕޫރުގައި ފަރުވާދެމުން އަންނަ ކަމުގެ މައުލޫމާތު ލިބިއްޖެއެެވެ.

ރާއްޖެ އެމްވީ އަށް އެނގިފައިވާ ގޮތުގައި އެމްޔޫ މަނިކަށް ފަރުވާ ދެމުން ދަނީ ފުއްޕާމޭގެ އާލާސްކަންފުޅަކަށެވެ. މިދިޔަ ޖުލައި މަހުގެ ފަހު ކޮޅުން ފެށިގެން ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮަސްޕިޓަލުގެ އައިސީޔޫގައި އެމްޔޫމަނިކަށް ފަރުވާ ދެމުން އަންނައިރު އޭނާގެ މިވަގުތުގެ ހާލުކޮޅާމެދު އިތުރު މައުލޫމާތެއް އާއިލާއިން ހާމަކޮށްފައެއް ނުވެއެެވެ.

ޔުނިވާސަލް އެންޓަޕްރައިޒަސްގެ ޗެއަރމަން، މުހައްމަދު އުމަރުމަނިކަކީ ދިވެހިރާއްޖޭގެ ފަތުރިވެރިކަމުގެ އެއް ބާނީ އެވެ. އަދި އެމްޔޫ މަނިކަކީ ވަރަށް ގިނަ ދިވެހިންނަށް ތަައުލީމީ ރޮނގުންނާއި ސިއްހީ ރޮނގުން ގިނަގުނަ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.

އެމްޔޫ މަނިކުގެ އާލާސްކަނފުޅުގެ ހަބަރާއެކު ގިނަ ބަޔަކު ގެންދަނީ އޭނާ އަށާއި އާއިލާއަށް ހެޔޮ އެދުމުގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

- ކޮމެންޓް