1438 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްހާ ޢީދު ދުވަހުގެ އުފަލާއި ގުޅިގެން ދިރާގުން ބޮޑު ޢީދު ޑޭޓާ ޕެކް ގެ ނަމުގައި ވަރަށް ޚާއްސަ ޑޭޓާ ޕެކްތަކެއް ތައާރަފް ކޮށްފިއެވެ.
ކޮންމެ ޑޭޓާ ޕްލޭނެއް ނެންގެވިޔަސް ވައިބާ ބޭނުން ކުރެއްވުމަށް 2GB ހިލޭ ޑޭޓާ ލިބިގެން ދާނެ ކަމަށް ދިރާގުން ބުންޏެވެ.
SMS Keyword |
އަގު |
ހިލޭ ވައިބާ |
ޢީދު ޑޭޓާ ޕްލޭން |
EID1GB |
99 |
2 GB |
Eid Pack 1GB |
EID4GB |
199 |
2 GB |
Eid Pack 4GB |
EID6GB |
249 |
2 GB |
Eid Pack 6GB |
މި ޑޭޓާ ޕްލޭންތައް އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ބޭނުން ކުރެއްވޭނެ ކަމަށާއި މި ޕްރޮމޯޝަން ކުރިއަށް ދާނީ 31 އޮގަސްޓް 2017 އިން ފެށިގެން 3 ސެޕްޓެމްބަރ 2017 ގެ ނިޔަލަށް ކަމަށް ދިރާގުން ބުންޏެވެ.
މި ޕްރޮމޯޝަނުގައި ދިރާގުގެ މޯބައިލް ޕްރީޕެއިޑް އަދި ޕޯސްޓޕެއިޑް ކަސްޓަމަރުނަށް ވެސް މި ޑޭޓާ ޕްލޭންތައް އެކްޓިވޭޓް ކުރެއްވޭނެ ކަމަށާއި ބޮޑު އީދާއި ގުޅިގެން މި ޕްރޮމޯޝަން ހިންގުމުގެ އެއް މަގުސަދަކީ ދިރާގުގެ ޑިގިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި ލުއިފަސޭހަ ތަކެއް ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ.
މި ޑޭޓާ ޕްލޭންތައް އެކްޓިވޭޓް ކުރެއްވުމަށް *123*8*2# އަށް ޖެހޭނީ ގުޅާލާށެވެ. ނުވަތަ ADD(space)SMS KEYWORD ޖެއްސެވުމަށް ފަހު 343 އަށް މެސެޖް ކޮށްލަން ޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ.