ކ. މާލެ
|
2 ސެޕްޓެންބަރ 2017 | ހޮނިހިރު 08:41
ޕީއެސްޖީ އަށް ކުޅެމުން އަންނަ އެންހަލް ޑިމަރިއާ
ޕީއެސްޖީ އަށް ކުޅެމުން އަންނަ އެންހަލް ޑިމަރިއާ
ގެޓީ އިމޭޖަސް
އެންހަލް ޑިމަރިއާ
ޑިމަރިއާ ހޯދުމަށް ބާސާ އިން ހުށަހެޅި ބިޑް ޕީއެސްޖީން ރިޖެކްޓްކޮށްފި
ޑިމަރިއާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުން

ޕީއެސްޖީ އަށް ކުޅެމުން އަންނަ އެންހަލް ޑިމަރިއާ ހޯދުމަށް ބާސެލޯނާއިން ހުށަހެޅި ބިޑް އެ ޕީއެސްޖީން ރިޖެކްޓް ކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސްޕެއިންގެ ބައެއް ނޫސްތަކުން ބުނީ ޑިމަރިއާ ހޯދުމަށް ބާސާ އިން 45 މިލިއަން ޔޫރޯ ހުށަހަޅާފައިވާ  ކަމަށާއި، އެހެން ނަމަވެސް އެ ހުށަހެޅުން ޕީއެސްޖީ އިން ރިޖެކްޓް ކޮށްފައިވާ ކަމަށެވެ.

ދާދި ފަހުން ބާސާގެ ރަސްމީ ޓުވިޓާ އެކައުންޓް ހެކް ކުރުމަށް ފަހު ޑިމަރިއާ އެ ކްލަބަށް ގެނައިކަމަށް ވަނީ ޓުވީޓް ވެސް ކޮށްފައެވެ. އެހެން ނަމަވެސް ޑިމަރިއާ އާއި ގުޅިގެން ރަސްމީކޮށް ބާސާ އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ބާސާގެ އިތުރުން ޑިމަރިއާ ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގު އަދި ސްޕެއިންގެ ކްލަބްތައް ވެސް ހިމެނެއެވެ.

މީގެކުރިން ބެންފީކާއަށް ވެސް ކުޅެފައިވާ ޑިމަރިއާ ވިދާލާފައި ވަނީ ރެއާލް މެޑްރިޑުންނެވެ. އޭނާ ވަނީ ރެއާލް އަށް ކުޅުނު 190 މެޗުގައި 36 ލަނޑު ކާމިޔާބު ކޮށްފައެވެ. ޑިމަރިއާ ވަނީ ރެއާލްއާ އެކު ދެ ކޮޕާ ޑެލްރޭ، ސްޕެނިޝް ލީގް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާކަޕް އަދި ސްޕެނިޝް ސުޕަކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

ރެއާލްގައި ކާމިޔާބު ދުވަސްތައް ހޭދަކުރުމަށް ފަހު 2014 ވަނަ އަހަރު އޭނާ ބަދަލުވީ މެންޗެސްޓާ ޔުނައިޓެޑަށެވެ. އެގޮތުން އޭނާ ވަނީ އެޓީމަށް 32 މެޗު ކުޅެ ހަތަރު ލަނޑު ކާމިޔާބު ކޮށްފައެވެ.

އެއަށް ފަހު 2015 ވަނަ އަހަރު އޭނާ ބަދަލުވީ ޕީއެސްޖީއަށެވެ. އެގޮތުން އޭނާ ވަނީ މިހާތަނަށް އެޓީމަށް ކުޅުނު 89 މެޗުގައި 28 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު އަދި ފްރެންޗް ކަޕް ވެސް ކާމިޔާބު ކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް