Advertisement
ކ. މާލެ
|
27 އޯގަސްޓް 2025 | ބުދަ 09:26
މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާއަށް ނުކުތުން. 27.08.2025
މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާއަށް ނުކުތުން. 27.08.2025
ރާއްޖެއެމްވީ
މީޑިއާ ކޮންޓްރޯލް ބިލް
މިނިވަން މީޑިއާގައި ތަޅުއަޅުވާ ބިލާ ދެކޮޅަށް ނޫސްވެރިން މުޒާހަރާ ކުރަނީ
މިއީ މަޖިލީހުން ބަލައިގަތުމަށްވުރެ ގޯސްކޮށް އޮތް ބިލެއް
ހިޔާނަތްތަކާއި، ގައުމުގެ ހާލަތު ބަޔާންކޮށްދޭނެ ކަމަށާއި، ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށް ނޫސްވެރިން ބުނޭ
މަޖިލީހަށް ބިލު ވެއްދި ދުވަހު ވެސް މަޖިލީހުގެ ގެލެރީ އާއި ބޭރުގައި ވެސް ނޫސްވެރިން މުޒާހަރާކޮށްފައިވޭ

މިނިވަން މީޑިއާ ތަޅު އަޅުވުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކޮށްލުމަށް ގޮވާލައި ނޫސްވެރިން މުޒާހަރާ ކުރަން ފަށައިފިއެވެ.

ނޫސްވެރިން ރައްޔިތުންގެ މަޖިލީހުގެ ދޮށަށް އެއްވީ ބުދަ ދުވަހުގެ ހެނދުނު 8:30 ގައެވެ.

ނޫސްވެރިން ގޮވާލަމުންދަނީ، މި ބިލު ބޭރުކޮށްލުމަށާއި، މިއީ މަޖިލީހުން ބަލައިގަތުމަށްވުރެ ގޯސްކޮށް އޮތް ބިލެއް ކަމަށެވެ. ހިޔާނަތްތަކާއި، ގައުމުގެ ހާލަތު ބަޔާންކޮށްދޭނެ ކަމަށާއި، ކޮންޓްރޯލެއް ނުކުރެވޭނެ ކަމަށް ނޫސްވެރިން ބުނެއެވެ.

މިހާރު ވެސް މީޑިއާތައް ރެގިއުލޭޓް ކުރާ ދެ މުއައްސަސާ އޮތް ކަމަށާއި، ރަނގަޅުކުރަން ޖެހޭ ކަންކަން މީޑިއާތަކާއެކު މަޝްވަރާ ކުރުމަށްފަހު ހަރުދަނާ ކުރެވޭނެ ކަމަށް ނޫސްވެރިން ބުނެފައިވެއެވެ. ނަމަވެސް މިއީ ނޫސްވެރިކަން ނެތިކޮށްލާ ސަރުކާރުން މިޑީއާ ކޮންޓްރޯލް ކުރުމަށް މަޖިލީހަށް ވައްދާފައިވާ ބިލެއް ކަމަށް ނޫސްވެރިން ބުނެއެވެ.

މަޖިލީހަށް ބިލު ވެއްދި ދުވަހު ވެސް މަޖިލީހުގެ ގެލެރީ އާއި ބޭރުގައި ވެސް ނޫސްވެރިން މުޒާހަރާކޮށްފައިވެއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިޔުލޭޝަން ބިލުގެ ނަމުގައި ބިލެއް ހުށަހެޅުއްވީ މި ހިނގާ އޮގަސްޓު މަހުގެ 19 ވަނަ ދުވަހުގަ އެވެ. އެ ބިލު ހުށަހެޅީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އޭނާއަކީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން މެންބަރެކެވެ. ނަމަވެސް މިހާތަނަށް މަޖިލީހުގައި ވޯޓު ދެއްވާފައި ވަނީ ސަރުކާރު ބޭނުންވާ ގޮތަށެވެ.

އެ ބިލް އަނބުރާ ގެންދިޔުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ގޮވާލައިފަ އެވެ. އަދި ބިލް އަނބުރާ ގެންދިޔުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް ވަނީ ގޮވާލާފަ އެވެ.

- ކޮމެންޓް