ކ. މާލެ
|
26 އޯގަސްޓް 2025 | އަންގާރަ 12:17
މީގެ ކުރިން ނިއު ރޭޑިއަންޓަށް ކުޅުނު މެޗެއްގައި ސެންޓޭ
މީގެ ކުރިން ނިއު ރޭޑިއަންޓަށް ކުޅުނު މެޗެއްގައި ސެންޓޭ
މިހާރު
ނިއު ރޭޑިއަންޓް
ސެންޓޭ އަލުން އެނބުރި ނިއު ރޭޑިއަންޓަށް ބަދަލުވަނީ
ސެންޓޭގެ އިތުރުން، ނިއު ރޭޑިއަންޓުގެ ކޯޗަކަށް ހަމަޖެއްސި އަލީ ސުޒޭން އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާޤު (ދަގަނޑޭ) ނިއު ރޭޑިއަންޓަށް ސޮއި ކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް އެ ކުލަބުން ވަނީ ނިންމައިފަ އެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް މީގެ ކުރިން ވެސް ކުޅެފައިވާ، ޤައުމީ ޓީމުގެ ފޯވާޑު އަލީ ފާޞިރު (ސެންޓޭ) އަލުން އެނބުރި އެ ކުލަބަށް ބަދަލުވާން ނިންމައިފި އެވެ.

އުމުރުން 36 އަހަރުގެ ސެންޓޭ އެންމެ ފަހުން ކުޅުނީ ރާއްޖޭގެ އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށެވެ. ނަމަވެސް، އެ ކުލަބު ދޫކޮށްލުމަށް ފަހު، ނިއު ރޭޑިއަންޓަށް ބަދަލުވުމަށް ސެންޓޭ ނިންމާފައިވާ ކަމަށް، ނިއު ރޭޑިއަންޓްގެ ޗެއަރމަން އަޙުމަދު މުބީން ވަނީ ވިދާޅުވެފަ އެވެ.

ސެންޓޭގެ އިތުރުން، ނިއު ރޭޑިއަންޓުގެ ކޯޗަކަށް ހަމަޖެއްސި އަލީ ސުޒޭން އަދި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާޤު (ދަގަނޑޭ) ނިއު ރޭޑިއަންޓަށް ސޮއި ކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް އެ ކުލަބުން ވަނީ ނިންމައިފަ އެވެ. އެ ރަސްމިއްޔާތުގައި ނިއު ރޭޑިއަންޓާ އަލަށް ގުޅޭ ކުޅުންތެރިން ވެސް ސޮއި ކުރާނެ އެވެ.

އެންމެ ފުރަތަމަ ސެންޓޭ ނިއު ރޭޑިއަންޓް އަށް ބަދަލުވީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން ނިއު ރޭޑިއަންޓް ދޫކޮށް އޭނާ ބަދަލުވީ ވިކްޓްރީ ސްޕޯޓްސް ކުލަބަށެވެ. އޭގެ ފަހުން ދެ ވަނަ ފަހަރަށް އަނެއްކާ ވެސް ސެންޓޭ ނިއު ރޭޑިއަންޓަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ.

އެ ފަހަރު ނިއު ރޭޑިއަންޓުގައި ކުޅުމަށް ފަހު، ދެން ސެންޓޭ ބަދަލުވެފައި ވަނީ ޓީސީ ސްޕޯޓްސް ކުލަބަށެވެ. އޭގެ ފަހުން ކެރިއަރުގައި ތިން ވަނަ ފަހަރަށް އޭނާ ނިއު ރޭޑިއަންޓް އަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. ނިއު ރޭޑިއަންޓާ އެކު ސެންޓޭ ގިނަ ކާމިޔާބީތަކެއް ހޯދާފައިވާއިރު، މިއީ ސެންޓޭގެ ކެރިއަރުގައި ނިއު ރޭޑިއަންޓަށް ބަދަލު ވާނެ ހަތަރު ވަނަ ފަހަރެވެ.

ސެންޓޭ ވަނީ އޭނާގެ ކެރިއަރުގައި ނިއު ރޭޑިއަންޓް، މާޒިޔާ، ވިކްޓްރީ، ޓީސީގެ އިތުރުން، ކުލަބު ވެލެންސިއާ އަދި ކުލަބު އީގަލްސް އަށް ވެސް ކުޅެފަ އެވެ. ސެންޓޭ އަކީ ރާއްޖޭގެ ޤައުމީ ޓީމުގައި ވެސް ހިމެނޭ މުހިންމު ކުޅުންތެރިޔެކެވެ. ޤައުމީ ޓީމާ އެކު ވެސް އޭނާ ވަނީ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

- ކޮމެންޓް