Advertisement
ކ. މާލެ
|
26 އޯގަސްޓް 2025 | އަންގާރަ 10:47
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް
ރައްޔިތުންގެ މަޖިލިސް
މުހައްމަދު އައްބާސް
މީޑިއާ ކަސްތޮޅު އަޅުވާ ބިލަކީ ހުދުމުހުތާރު ވެރިކަމެއް ކުރުމަށް މުޢިއްޒުގެ އޯޑަރަށް ހުށަހަޅާފައިވާ ބިލެއް: އައްބާސް
އެ ބިލަކީ ރައީސް މުޢިއްޒުގެ އޯޑަރަށް ހުށަހަޅާފައިވާ ހުދުމުހުތާރު ބިލެއް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު އައްބާސް ވިދާޅުވި
މިނިވަން މީޑިއާ ނެތިކޮށްލުމަށް ހުށަހެޅި ބިލަށް އައްބާސް ތާއީދު ނުކުރައްވާ ކަން ހާމަކުރެއްވި
ބިލު ފާސްކުރިޔަ ނުދިނުމަށް މަޖިލީހުގެ ތެރެއިންނާއި ބޭރުން ވެސް މަސައްކަތް ކުރައްވާނެކަމަށް އައްބާސް ވިދާޅުވި

ދުލާއި ގަލަމުގެ މިނިވަން މީޑިއާ ކަސްތޮޅު އަޅުވަން ހުށަހަޅުއްވާފައިވާ ބިލަކީ ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ދުރާލާ ރޭވިގެން މަކަރުވެރި ކަމާއެކު ރައިސް މުޢިއްޒުގެ އޯޑަރަށް ހުށަަހަޅާފައިވާ ބިލެއް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އައްބާސް ވިދާޅުވީ، ރައްޔިތުންގެ އަނގަ ބަންދުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ ކޮންމެ ކަމަކާ ދެކޮޅަށް ފާޅުގައި ބަސްބުނެ ކުރިމަތިލާނެ ކަމަށެވެ. އަދި އެ ބިލު ފާސްކުރިޔަ ނުދިނުމަށް ކުރެވެންހުރި ކޮންމެ ކަމެއް މަޖިލީހުގެ ތެރެއިންނާއި ބޭރުން ކުރާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.

ހުދުމުހުތާރު އަނިޔާވެރި ދޮގުވެރިއެއްގެ ކުރިމަތީގައި އަޅުގަނޑު ކުޑަކަކޫ ނުޖަހާނެ.

މެންބަރު މުހައްމަދު އައްބާސް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ބިލެއް ހުށަހެޅުއްވީ އެފަދަ ބިލެއް މީގެ ކުރިން ވެސް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އޭނާއަކީ އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މިނިވަން މެންބަރެކެވެ. ނަމަވެސް މިހާތަނަށް މަޖިލީހުގައި ވޯޓު ދެއްވާފައި ވަނީ ސަރުކާރު ބޭނުންވާ ގޮތަށް ކަން ފާހަގަކޮށްލެވެ އެވެ.

މަޖިލީހުގައި މިހާރު ބަހުސް ފަށާފައިވާ އެ ބިލް އަނބުރާ ގެންދިޔުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަދި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ އިތުރުން ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ގޮވާލައިފަ އެވެ. އަދި ބިލް އަނބުރާ ގެންދިޔުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ވެސް ވަނީ ގޮވާލާފަ އެވެ.

- ކޮމެންޓް