Advertisement
ކ. މާލެ
|
25 އޯގަސްޓް 2025 | ހޯމަ 23:38
ނެއްލައިދޫގައި ފެނަކައާއި ހަވާލުކޮށްގެން އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ނެއްލައިދޫގައި ފެނަކައާއި ހަވާލުކޮށްގެން އިމާރާތްކުރާ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
ނެއްލައިދޫ މިސްކިތް
ފެނާއި ނަރުދަމާ އެޅުމުގެ ޤާބިލުކަން ނެތް ކަމަށް ބުނި ފެނަކަ އާއި ހަވާލުކުރީ ނެއްލައިދޫ މިސްކިތް އަޅަން
ހދ ނެއްލައިދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް
ރައީސް މުޢިއްޒުގެ ސަރުކާރުން ފެނަކަ އަކީ ފެނާއި ނަރުދަމާ އެޅުމުގެ ޤާބިލުކަން ހުރި ފަރާތެއް ނޫން ކަމަށް ބުނެފައިވޭ

ފެނާއި ނަރުދަމާ އެޅުމުގެ ޤާބިލުކަން ނެތް ކަމަށް ބުނި ފެނަކަ ކޯޕަރޭޝަން އާއި، ހދ. ނެއްލައިދޫ މިސްކިތް އިމާރާތް ކުރަން ހަވާލު ކޮށްފި އެވެ.

މި މިސްކިތް ފެނަކަ އާއި ހަވާލު ކުރިކަން ހާމަވީ ހދ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހދ. ނެއްލައިދޫއަށް ވަޑައިގެން ނެއްލައިދޫގައި އަލަށް އިމާރާތް ކުރާ މިސްކިތުގެ ބިންގާ އެޅުއްވި ރަސްމިއްޔާތުގައެވެ.

މިދިޔަ ސަރުކާރުން ފެނާއި ނަރުދަމާގެ މަސައްކަތް ހަވާލު ކޮށްފައި އޮތް ފެނަކަ އަކީ ފެނާއި ނަރުދަމާ އެޅުމުގެ ޤާބިލުކަން ހުރި ފަރާތެއް ނޫން ކަމަށް ރައީސް މުއިއްޒުގެ ސަރުކާރުން މީގެ ކުރިން އޮތީ ބުނެފައެވެ.

ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި މިސްކިތުގެ ބިންގާ މިއަދު އަޅުއްވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ދަޢުލަތުގެ ބައެއް ވަޒީރުން ވަނީ ބައިވެރިވެލައްވާފައެވެ.

ހދ. ނެއްލައިދޫގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ނިމިގެންދާއިރު މިސްކިތުގައި ސޯލާ ހަރުކުރެވި، އޭސީ ކުރުމަށް ހަމަޖެހިފައިވާއިރު މިސްކިތުގައި ލައިބްރަރީއަކާއި ކުލާސްރޫމެއް ހިމެނޭނެއެވެ.

- ކޮމެންޓް