Advertisement
ކ. މާލެ
|
25 އޯގަސްޓް 2025 | ހޯމަ 16:32
މަޖްލިސް ޖަލްސާ އެއް ގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވާހަކަ ދައްކަވަނީ
މަޖްލިސް ޖަލްސާ އެއް ގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވާހަކަ ދައްކަވަނީ
މަޖިލިސް
މަޖިލީސް
ދައުރުން ބޭރު ޖަލްސާ އެއް އޮގަސްޓް 27 ގައި
ޖަލްސާ އެއް ބާއްވަން ހުށަހެޅުމެއް ލިބިފައިވާ ކަމަށް ބުނޭ
27 އޯގަސްޓް 2025 ވަނަ ދުވަހުގެ ބުދަ ދުވަހު ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާއެއް އޮންނާނެ
ޖަލްސާގެ އެޖެންޑާ ފަހުން ހިއްސާކުރެވޭނެ

ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އެއް އޮގަސްޓް 27 ގައި އޮންނާނެ ކަމަށް މަޖިލިހުގެ އިދާރާއިން އަންގައިފިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ) ގެ ދަށުން، ދައުރުން ބޭރުގައި ޖަލްސާ/ޖަލްސާތަކެއް ބޭއްވުމަށް އެދިވަޑައިގެން ހުށަހެޅުމެއް ވަނީ ލިބިފައި," މަޖިލިސް އިދާރާ އިން މެމްބަރުންނަށް ހޯމަ ދުވަހު ފޮނުވި ނޯޓިސް ގައި ވެއެވެ.

"ވީމާ، 27 އޯގަސްޓް 2025 (ބުދަ) ގައި ދައުރުން ބޭރުގައި މަޖިލީހުގެ ޖަލްސާ އެއް އޮންނާނެ ވާހަކަ ދަންނަވަން."

މަޖިލިހުގެ ޓޭބަލް އޮފީހުން ބުނީ ޖަލްސާގެ އެޖެންޑާ ފަހުން ހިއްސާކުރާނެ ކަމުގައެވެ.

- ކޮމެންޓް