Advertisement
ކ. މާލެ
|
25 އޯގަސްޓް 2025 | ހޯމަ 00:17
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރާއްޖެއެމްވީ
ހަނިމާދޫ އެއަރޕޯޓް
ކުރިން ސެޕްޓެމްބަރު މަހު ނިމެނޭ ކަމަށް ބުނި ހަނިމާދޫ އެއަރޕޯޓު އެތާރީހަށް ނުނިމޭނެ ކަން ޔަގީން ވެއްޖެ!
ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް އަވަސްކުރައްވާ ކަމަށް ވިދާޅުވެ ރައީސް މުޢިއްޒު ވަނީ މި މަޝްރޫއުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަވާފައި
އެއާޕޯޓުގެ މަސައްކަތް ސެޕްޓެމްބަރު މަހަށް ނިންމާނެކަމަށް ސަރުކާރުން ކުރިން ބުނެފައިވޭ
މިހާރު ބުނަނީ ނިމޭނީ ނޮވެމްބަރަށް ކަމަށް

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ މަސައްކަތް އެއްކޮށް ނިމި، މުޅި މަޝްރޫއުގެ 88.7 ޕަސަންޓުގެ މަސައްކަތް ވަނީ ނިިމިފަ ކަމަށް ޖުލައި މަހުގެ ތެރޭގައި މިސަރުކާރުން ވަނީ ހާމަކޮށްފައި ވެއެވެ.

އޭރު ސަރުކާރުން ހާމަކުރި ގޮތުގައި އެއާޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހަށެވެ. ނަމަވެސް މިހާރު ރައީސް ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ހަނިމާދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ވަނީ އިތުރު ތާރީހެއް މި މަސައްކަތް ނިންމަން ދެއްވާފަ އެވެ.

ކުރިން ސެޕްޓެމްބަރު މަހު މި އެއަރޕޯޓުގެ މަސައްކަތް ނިމޭނެ ކަމަށް ބުނި ނަމަވެސް ސެޕްޓެމްބަރު މަސް ފެށެން މިހާރު ހަފްތާއަކަށް ވުރެ މަދު ދުވަސްކޮޅަކަށް ވަނީ ވެފައެވެ. އެހެން ކަމުން ސަރުކާރުން ކުރިން ބުނި ތާރީހަށް ހަނިމާދޫ އެއރޕޯޓު ނުނިމޭނެ ކަން މިހާރު ވަނީ ޔަގީން ވެފައެވެ. އެހެން ނަމަވެސް ހަނިމާދޫ އެއަރޕޯޓުގެ މަސައްކަތް އަވަސްކުރައްވާ ކަމަށް ވިދާޅުވެ ރައީސް މުޢިއްޒު ވަނީ މި މަޝްރޫއުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަ ދައްކަވާފަ އެވެ.

މިހާރު މި ނިމެމުން ދަނީ ވަރަށް މުހިންމު މަސައްކަތް ތަކެއް ވަރަށް ޒަމާނީ ފެންވަރެއްގައި ވަރަށް ބޮޑަށް އެކްސްޕެންޑް ކުރެވިގެން ހެދިގެންދާ އެއަރޕޯޓެއް، އިންޓަނޭޝަނަލް ފެންވަރުގައި މިހާރު އެ ކުރިއަށްދާ މަސައްކަތްތައް އަޅޫގަނޑު އޭރުގައި ރިޔާސީ އިންތިހާބުގައިވެސް ދެންނެވިން އެދާ ސްޕީޑަށްވުރެން ބާރު ސްޕީޑުގަ އިރާދަކުރެއްވިއްޔާ ގެންދިއުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނަމެ، އެގޮތައް އެދަނީ ކުރިއަށްވުރެ ސްޕީޑު ބާރުކޮށް ހަލުއިކޮށް މިގެންދަނީ. އަޅުގަނޑުމެންގެ އަމާޒަކީ އިރާދަ ކުރެއްވިއްޔާ އެންމެ ލަސްވެގެން ނޮވެމްބަރު މަހުގެ ތެރޭގައި އެއަރޕޯޓު ފުރިހަމަ އަށް ބޭނުންކުރެވޭގޮތައް ނިންމާ ހުޅުވުން

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޖުލައި މަހުގެ އެއްވަނަ ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ، ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭގެ މަސައްކަތް އެއްކޮށް ނިމި، މުޅި މަޝްރޫއުގެ 88.7 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލްގެ 83 ޕަސަންޓުގެ މަސައްކަތް ނިމިފައިވާއިރު، އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރާއި ހޭންގާ އަދި ކާގޯ ބިލްޑިންގެ 96 ޕަސަންޓުގެ މަސައްކަތް ނިމިފައިވާ ކަމަށް ވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވި އެވެ.

ރައީސް ސާލިހް ގެ ސަރުކާރުން އިންޑިއާ ސަރުކާރުގެ އެހީގައި، އެ ގައުމުގެ އެގްޒިމް ބޭންކުން ލޯނެއް ނަގައިގެން ތަރައްގީކުރަން ފެށި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ބޭރު ބަޔަކަށް ދޭން އުޅޭ ކަމަށް ބުނެ މީގެ ދުވަސްކޮޅެއް ކުރިން ފަތުރަމުންދިޔަ ވާހަކަ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ދޮގުކޮށްފަ އެވެ.

- ކޮމެންޓް