ކޮރަޕްޝަންގެ ތުހުމަތުގައި ސްރީލަންކާގެ ހަކަތައާބެހޭ ވަޒީރު ކުމާރަ ޖަޔަކޯޑީގެ މައްޗަށް ދަޢުވާ އުފުލަން ނިންމާފައިވާ ކަމަށް ސްރީލަންކާގެ މީޑިއާ ތަކުން ރިޕޯޓު ކޮށްފިއެވެ.
ލަންކާ ގެ ރިޝްވަތާއި ކޮރަޕްޝަންގެ ތުހުމަތުތައް ތަޙްޤީޤުކުރާ ކޮމިޝަން (ސީ.އައި.އޭ.ބީ.އޯ.ސީ) އިން ވަނީ 2015 ވަނަ އަހަރު މިހާރުގެ ވަޒީރު ފާރޓިލައިޒަރ ކޯޕަރޭޝަންގައި މަސައްކަތްކުރި އިރު ފައިސާ އަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ތަހުގީގުން ފެންނަ ކަމަށް ބުނެފައެވެ.
ވަޒީރު ޖަޔަކޯޑީ އަކީ މިހާރުގެ ސަރުކާރުގައި ދަޢުވާ އުފުލޭ ފުރަތަމަ ވަޒީރު ކަމުގައި ވާނެއެވެ.
ރިޝްވަތު ކޮމިޝަނުން މި ތަޙްޤީޤު ފަށާފައިވަނީ ޚިޔާނާތްތެރިވުމާ ގުޅޭގޮތުން ކުރިން ކުރެވުނު ތަޙްޤީޤުތަކަށް ރިޢާޔަތްކޮށެވެ.
ލަންކާގެ ޚިޔާނާތާ ބެހޭ ކޮމިޝަނުން މި ނިންމުން ނިންމި އިރު ކުރީގެ ސިޔާސީ ފަރާތްތަކުގެ މައްޗަށް ކޮރަޕްޝަން ހިމެނޭ އެކި މައްސަލަތަކުގައި ގިނަ ދަޢުވާތަކެއް ގެންދަނީ އުފުލަމުންނެވެ.