ކ. މާލެ
|
16 އޯގަސްޓް 2025 | ހޮނިހިރު 15:51
ކެލްގަރީ އިންޓަނޭޝަނަލް އެއާޕޯރޓް ގައި އެއާ ކެނެޑާގެ އެއާބަސް އޭ320-211 މަތިންދާބޯޓެއް ޕާކް ކޮށްފައި
ކެލްގަރީ އިންޓަނޭޝަނަލް އެއާޕޯރޓް ގައި އެއާ ކެނެޑާގެ އެއާބަސް އޭ320-211 މަތިންދާބޯޓެއް ޕާކް ކޮށްފައި
ގެޓީއިމޭޖަސް
އެއަރ ކެނެޑާ
އެއާ ކެނެޑާގެ ކެބިން ކްރޫ އިން ހަޅުތާލުކުރުމާ ގުޅިގެން އެ އެއަރލައިން ގެ ދަތުރުތައް ހުއްޓުމަކަށް އައިސްފި
ކެބިން މުވައްޒަފުން މުސާރަ އިތުރުކުރުމަށާއި، އެހެނިހެން ޙައްޤުތައް ހޯދުމަށް ކުރާ މިހަޅުތާލު 72 ގަޑިއިރަށް ދެމިގެންދާނެ ކަމަށް ވަނީ އިޢުލާނުކޮށްފައި.

އެއާ ކެނެޑާ ގެ ކެބިން ކުރޫ އިން ގެ ހަޅުތާލާ ގުޅިގެން އެ އެއާލައިންގެ ހުރިހާ ދަތުރުތަކެއް ހުއްޓުމަކަށް އަތުވެއްޖެ އެވެ.

މިކަމުގެ ސަބަބުން ދުވާލަކު 130،000 ފަސިންޖަރުންގެ ދަތުރުފަތުރަށް ބުރޫ އަރާނެ ކަމަށް އެއާލައިނުން ބުނެފައިވެއެވެ.

10،000 އަށްވުރެ ގިނަ އެއާ ކެނެޑާގެ ފްލައިޓް އެޓެންޑެންޓުން ތަމްސީލުކުރާ ޔޫނިއަނުން ހޮނިހިރު ދުވަހުގެ ހެނދުނު 72 ގަޑިއިރުގެ ހަޅުތާލު ފެށުނު ކަން ވަނީ ކަށަވަރު ކޮށްދީފައެވެ.

އެއާ ކެނެޑާގެ ފްލައިޓް އެޓެންޑެންޓުން ގޮވާލަނީ މުސާރަ ބޮޑުކޮށްދިނުމަށާއި، މަތިންދާބޯޓު ބިމުގައި އޮންނަ އިރު ކުރާ މަސައްކަތަށް އުޖޫރަ ލިބޭގޮތް ހެދުމަށެވެ.

އެއަރލައިނުން ބުނެފައިވަނީ ދުވާލަކު 500 އާ ގާތްކުރާ ފްލައިޓަށް މިކަމުގެ އަސަރުކުރާނެ ކަމަށެވެ.

ދުނިޔޭގެ 180 ސިޓީއަކަށް ސީދާ ދަތުރުކުރާ އެއަރ ކެނެޑާއިން ބުނެފައި ވަނީ "ހުރިހާ އޮޕަރޭޝަންތަކެއް ހުއްޓާލާފައިވާ" ކަމަށާއި އަދި އެއަރލައިން އިން ދަތުރު ކުރަން ހަމަޖެހިފައިވާ ފަސިންޖަރުން "އެއަރޕޯޓަށް ނުދިއުމަށް އިރުޝާދުދޭ" ކަމަށެވެ.

ހުކުރު ދުވަހުގެ ރޭ ވަނީ ހަޅުތާލުގެ ކުރިން އޮޕަރޭޝަންތައް މަޑުމަޑުން ހުއްޓާލުމުގެ ގޮތުން 100،000 އަށްވުރެ ގިނަ ފަސިންޖަރުން ދަތުރުކުރަން ހަމަޖެހިފައި އޮތް 623 ފްލައިޓް ކެންސަލް ކޮށްފައެވެ.

މަޝްވަރާތަކުގައި، އެއަރލައިނުން ބުނެފައިވަނީ ފްލައިޓް އެޓެންޑެންޓުންނަށް 4 އަހަރުގެ ތެރޭގައި ޖުމްލަ 38 އިންސައްތައިގެ އިތުރު ކުރުމެއް ހުށަހަޅާފައިވާ ކަމަށާއި، ފުރަތަމަ އަހަރު 25 އިންސައްތައިގެ އިތުރުކުރުމެއް ހިމެނޭ ކަމަށެވެ.

ޔޫނިއަން އިން ބުނެފައި ވަނީ މި އޮފަރަކީ "އިންފްލޭޝަނަށްވުރެ ދަށް، މާކެޓް އަގަށްވުރެ ދަށް، އެންމެ ދަށް މުސާރައަށްވުރެ ދަށް" އަދި ފްލައިޓް އެޓެންޑެންޓުންގެ ބައެއް މަސައްކަތުގެ ގަޑިތަކަށް، އޭގެ ތެރޭގައި ބޯޑިންގ އަދި ފްލައިޓްތަކުގެ ކުރިން އެއަރޕޯޓުގައި މަޑުކުރާ ވަގުތުތަކަށް މުސާރަ ނުލިބޭ" ހުށަހެޅުމެއް ކަމަށެވެ.

މިމަހުގެ ކުރީކޮޅު، ޔޫނިއަނުން ތަމްސީލުކުރާ މުވައްޒަފުންގެ 99.7 އިންސައްތަ މީހުން ވަނީ ހަޅުތާލަށް ވޯޓުދީފައެވެ.

ކެނެޑާގެ ވަޒީފާއާ ބެހޭ މިނިސްޓަރ ޕެޓީ ހަޖްދޫ އެއާ ކެނެޑާ އާއި ޔޫނިއަނަށް ގޮވާލާފައިވަނީ ހަޅުތާލު ހުއްޓުވުމަށް މަޝްވަރާގެ މޭޒަށް އެނބުރި އައުމަށެވެ.

ޔުނިއަން އިން ބުނެފައި ވަނީ 8 މަސް ދުވަހަށްވުރެ ގިނަ ދުވަހު ހެޔޮ ނިޔަތުގައި މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް، އެއަރ ކެނެޑާ އިން ބޭނުންވީ އާބިޓްރޭޝަނެއް ކަމަށެވެ.

"އަޅުގަނޑުމެން އެކުގައި ތިބިއިރު، އެއަރ ކެނެޑާ އިން ހެޔޮ ނިޔަތުގައި މޭޒުދޮށަށް ނާދޭ" ޔޫނިއަނުން މެމްބަރުންނަށް ފޮނުވި ބަޔާނެއްގައި ބުނެފައިވެއެވެ.

- ކޮމެންޓް