ރޮނާލްޑޯ ޖޯޖީނާ އަށް ކައިވެނި ހުށަހެޅީ 5 މިލިއަން ޑޮލަރުގެ އަގުހުރި އަނގޮޓި އަކުން
ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، 2016 އިން ފެށިގެން އޭނާގެ ހަޔާތުގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގެޒް އަށް 5 މިލިއަން ޑޮލަރުގެ އަގުހުރި އަނގޮޓި އަކާ އެކު ކައިވެނީގެ ހުށަހެޅުމެއް ހުށަހަޅައިފި. ދެމީހުންގެ އެންގޭޖްމަންޓް ހަބަރު ހާމަވެގެން ދިޔައީ، ރޮޑްރިގެޒް އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި "އައި ޑޫ" މި ލިޔުމާއެކު އެ އަނގޮޓީގެ ފޮޓޯ ޝެއަރ ކުރުމާ ގުޅިގެން.
12 އޯގަސްޓް 2025 | އަންގާރަ 08:10
ޕޯޗުގީޒް ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖިނާ ރޮޑްރިގޭޒް ސައުދީ އަރަބިއްޔާގެ ޕްރައިވެޓް އެއަރޕޯޓަކަށް ފޭބުމުން މަރުހަބާ ކިޔަނީ
ޕޯޗުގީޒް ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ބައިވެރިޔާ ޖޯޖިނާ ރޮޑްރިގޭޒް ސައުދީ އަރަބިއްޔާގެ ޕްރައިވެޓް އެއަރޕޯޓަކަށް ފޭބުމުން މަރުހަބާ ކިޔަނީ
އޭޕީ

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯޖީނާ ރޮޑްރިގެޒް އެންގޭޖްމަންޓް އިއުލާން ކޮށްފި އެވެ.ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކްރިސްޓިއާނޯ ރޮނާލްޑޯ އޭނާގެ ގިނަ ދުވަސްވީ ޕާޓްނަރ ޖޯޖީނާ ރޮޑްރިގެޒް އަށް ކައިވެނި ހުށަހަޅި ވާހަކަ ހާމަވެގެން ދިޔައީ ރޮޑްރިގެޒް އިންސްޓަގްރާމް ގައި ބޮޑު އޯވަލް-ކަޓް ޑައިމަންޑް އަނގޮޓިއެއްގެ ފޮޓޯ ޝެއަރ ކުރުމާއި އެކުގައެވެ.2016 ވަނަ އަހަރު މެޑްރިޑްގެ ގުޗީ ފިހާރައަކުން ދިމާވި މި ދެމީހުން މިހާރު ވަނީ ތިން ކުދިން ހޯދާފައެވެ. އަދި ރޮނާލްޑޯގެ އެންމެ ބޮޑު ދަރިފުޅު ކްރިސްޓިއާނޯ ޖޫނިއަރ ވެސް ބަލަހައްޓަމުން ގެންދަނީ ދެމީހުން ވެގެންނެވެ. ރޮޑްރިގެޒް އޭނާގެ ޕޯސްޓްގައި ސްޕެނިޝް ބަހުން ލިޔެފައިވަނީ، "އައި ޑޫ. މި ދިރިއުޅުމުގައި އަދި އަހަރެންގެ ހުރިހާ ދިރިއުޅުމެއްގައި ވެސް" މިފަދައިންނެވެ.ޖުވެލަރީ މާހިރުންގެ ލަފާ ކުރާ ގޮތުގައި، މި އަނގޮޓީގެ ބަރުދަނުގައި 25 އާއި 30 ކެރެޓް އާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެއެވެ. އަދި މީގެ އަގު 2 މިލިއަން އާއި 5 މިލިއަން ޑޮލަރާ ދެމެދުގައި ހުންނާނެ ކަމަށް ގިނަ ނޫސްތަކުން ރިޕޯޓް ކޮށްފައިވެއެވެ.މިހާރު ސައުދީ އަރަބިއާގެ އަލް ނަސްރުގައި ކުޅެމުންދާ ރޮނާލްޑޯ ކުރިން ދީފައިވާ އިންޓަވިއުތަކުގައި ރޮޑްރިގެޒް އާ ކައިވެނި ކުރާނީ "ރަނގަޅު ވަގުތު" އައުމުން ކަމަށް ބުނެފައިވެއެވެ. މި ޖޯޑު ވަނީ 2022 ގައި އެމީހުންގެ ނިއުބޯން ޓްވިންސްގެ ތެރެއިން އެއް ކުއްޖަކު ގެއްލުމުގެ ހިތާމަވެރި ހާދިސާއާ ވެސް ކުރިމަތިލާން ޖެހިފައެވެ.

މި އެންގޭޖްމަންޓް އިއުލާން ކުރެވުނީ ރޮނާލްޑޯ ސައުދީ ޕްރޯ ލީގްގައި ކުޅެމުންދާ ސީޒަންގައެވެ. އޭނާއަކީ މިހާރު ދުނިޔޭގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިންގެ ތެރެއިން އެކަކެވެ.

- ކޮމެންޓް