Advertisement
ކ. މާލެ
|
9 އޯގަސްޓް 2025 | ހޮނިހިރު 19:32
އިންޖީނު މައްސަލަޖެހިގެން ޖިއްދާ އެއަރޕޯޓުގައި ތާށެވެފައި އޮތް މޯލްޑިވިއަންގެ ފުލައިޓް
އިންޖީނު މައްސަލަޖެހިގެން ޖިއްދާ އެއަރޕޯޓުގައި ތާށެވެފައި އޮތް މޯލްޑިވިއަންގެ ފުލައިޓް
ރާއްޖެއެމްވީ
މޯލްޑިވިއަން
މޯލްޑިވިއަން އިން އެންމެ ފަހުން ގެނައި ބޯޓު އިންޖީނު މައްސަލަ ޖެހި އުމްރާވެރިންނާ އެކު ޖިއްދާ ގައި ތާށިވެއްޖެ!
މައްސަލަ ޖެހުނީ މޯލްޑިވިއަން އަށް އެންމެ ފަހުން ގެނައި އެއަރބަސް ބޯޓު
މޯލްޑިވިއަން އިން ބުނީ ޑިލޭ ވެފައި ވާ ކަމަށް، އިތުރު އެއްޗެއް ނުބުނި
ފަސިންޖަރުން ފުލައިޓުގައި ތިބޭތާ ދޮޅު ގަޑިއިރަށްވުރެ ގިނައިރުވެ ފުރޭނެ ވަގުތެއް ނޭނގޭ

ޖިއްދާ އިން ރާއްޖެ އަށް އުމުރާވެރިން ގޮވައިގެން އަންނަން އޮތް ފުލައިޓް އިންޖީނު މައްސަލައެއް ޖެހިގެން ނުފުރި ތާށި ވެއްޖެއެވެ.

އިންޖީނު މައްސަލަ ޖެހުނީ އެންމެ ފަހުން މޯލްޑިވިއަން އަށް ގެނައި އެއަރބަސް ބޯޓު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާއި ގުޅިގެން މޯލްޑިވިއަންގެ މީޑިއާ އާ ސުވާލު ކުރުމުން ބުނީ ޖިއްދާ އިން އުމުރާވެރިން ގޮވައިގެން އަންނަން އޮތް ފުލައިޓް ޑިލޭ ވެފައިވާ ކަމަށެވެ. ނަމަވެސް އިންޖީނު މައްސަލައެއް ޖެހިގެންތޯ ސުވާލު ކުރުމުން މީޑިއާ އިން ބުނީ އިތުރު އަޕްޑޭޓްއެއް ނެތް ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވިއަންގެ Q2 6360 ފުލައިޓް އިންޖީނު މައްސަލަ ޖެހިގެން ނުފުރި ޖިއްދާ އެއަރޕޯޓޫގައި އޮންނަތާ އެތައް އިރެއްވަނީ ވެފައެވެ. އަދި ފަސިންޖަރުން އޭގެ ތެރޭގައި ތިބޭތާ ދޮޅު ގަޑިއިރަކަށްވުރެ ގިނައިރު ވެއްޖެއެވެ. އަދި ފުރޭނެ ވަކި އިރެއްވެސް ނޭނގޭ ކަމަށް ޖިއްދާ ގައި ހުރި މޯލްޑިިވިއަންގެ މެނޭޖަރާއި ހަވާލާދީ އިތުބާރު ހުރި މަސްދަރުތަކުން ވަނީ މައުލޫމާތު ލިބިފައެވެ.

ފުލައިޓް ފުރަން އޮތީ ސައުދީ ގަޑިން 3:55 ގައެވެ. އަދި ޖިއްދާގެ އިންޖިނިއަރުން ގެނެސްގެސް އިންޖީނު ޗެކްކުރަމުންދާ ކަމަށް ފުލައިޓުގައި އިން ފަސިންޖަރަކު ރާއްޖެއެމްވީ އަށް މައުލޫމާތު ދީފައިވެއެވެ.

ބޯޓުގައި ތިބީ ހައްޖު ކޯޕަރޭޝަން ގެ ހަވާލުގައި އުމުރާ އަށް ދިޔަ މީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ބޯޓުގައި މީހުން ތާށިވެފައި ގިނަ އިރު ތަކެއް ވެގެން ދިޔަ އިރު ހައްޖު ކޯޕަރޭޝަނުން މާ ބޮޑު އަޅާލުމެއް ބަހައްޓާފައި ނުވާތީ ބައެއް ފަރާތްތަކުން ވަނީ ހިތްހަމަ ނުޖެހުން ފާޅު ކޮށްފައެވެ.

އެންމެ ފަހުން މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓުގެ އިންޖީނުު ރަނގަޅު ކޮށްގެން ބޯޓު ވަނީ ރާއްޖެ އައުމުގެ ދަތުރު ފަށަން ތައްޔާރު ވެފައެވެ.

- ކޮމެންޓް