Advertisement
ކ. މާލެ
|
9 އޯގަސްޓް 2025 | ހޮނިހިރު 08:47
މެންބަރު އައްބާސް އަށް މީހަކު އިންޒާރު ދީފި
މެންބަރު އައްބާސް އަށް މީހަކު އިންޒާރު ދީފި
ރާއްޖެއެމްވީ
މުހައްމަދު އައްބާސް
މެމްބަރު އައްބާސް ނިޒާމުން ގެއްލުވާލާނެ ކަމަށް ބުނެ އިންޒާރު ދީފި
އައްބާސްއަށް އިންޒާރު ދީފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެކްޓަރ އައްސަދު ސައީދު
އައްބާސް ވަނީ މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅަން ނިންމާފަ

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ނިޒާމުން ގެއްލުވާލާނެ ކަމަށްބުނެ އިންޒާރު ދީފި އެވެ.

މެންބަރު އައްބާސް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރެ އަޅުގަނޑުގެ ފުރާނައަށް ނުވަތަ ނަފުސައް ގެއްލުމެއް ދޭނެ ކަމުގެ ބިރުވެރި އިންޒާރަކަށް ވުމުން މިމައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށައަޅަން ނިންމާފައިވާ ކަމަށެވެ.

އައްބާސް އަށް އިންޒާރު ދީފައިވަނީ ފިޝަރީޒް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެއްކްޓަރެއްގެ މަގާމުގައި ހުންނެވި އައްސަދު ސައީދުގެ ފޭސްބޫކް އެކައުންޓު މެދުވެރިކޮށެވެ.

ތިމާ މީ މާ ބާރުގަދަ މާ ބޮޑު އަނގައެއް ލިބިފަ ހުރި މީހެއްކަމަށް ތިބާއަށް ހީވެގެން ދަލުބޭރުން ޖެހިގަނެގެން ނުބެހޭހާ ކަމަކާ ބެހިގަނެގެން ތިޔަހެން އުޅެނިކޮށް އަމިއްލަ ފުޅަށް އަރުވާލެވިގެން އަމިއްލަ ފުޅަށް ނިޒާމުގެ ތެރެއިން ގެއްލިވަޑައިގެން ގޭގައި ފިލާ އޮންނަވަން ޖެހިވަޑައި ނުގަންނަވަނީސް އަމިއްލަ ފުޅަށް ތިމާގެ އަސްލު ސައިޒައް ތިރިވެލައްވާށެވެ.

ފިޝެރީސް މިނިސްޓްރީގެ ޕޮލިޓިކަލް ޑިރެއްކްޓަރު އައްސަދު ސައީދު
އައްސަދު ސައީދު ފޭސްބޫކް ގައި ކުރި ޕޯސްޓް

ބެލެވޭ ގޮތުގައި މިފަދަ އިންޒާރެއް އައްބާސް އަށް ދީފައިވަނީ، ވެރިކަން ހިންގާ ޕާޓީ ޕީއެންސީ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބާރަ ނުވަތަ ތޭރަ މެމްބަރުން ވަރަށް އަވަހަށް މުއިއްޒުގެ ސަރުކާރާ ފެޔަށް ޖެހި ރައްޔިތުންގެ ފަޅި އަށް އަރާނެ ކަމަށް ބުނެ އެކްސް ގައި ކުރެއްވި ޕޯސްޓާއި ގުޅިގެންނެވެ. އައްބާސްގެ މި ޕޯސްޓާ އެކު ޕީއެންސީ އިން މުޅި ޕާޓީ ކަހަލަ ގޮތަކަށް އެކަން ދޮގު ކުރުމުގައި ސޯޝަލް މީޑިއާ ގައި ރައްދު ދީފައިވެ އެވެ.

އައްބާސް ކުރެއްވި ޕޯސްޓަށް ބައިލައްކަ އަށް ވުރެ ގިނަ ވިއުޒް ލިބިފައި ވާއިރު އެތައް ބަޔަކު ވަނީ އެ ޕޯސްޓް ލައިކް ކޮށް ރީޕޯސްޓް ވެސް ކޮށްފައެވެ.

އައްބާސް އިތުރަށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަރަނިފަށެއްގެ މަތީގައި ޅާގުޅާ އޮށެއް ބޭއްވީމާ ވާގޮތްވެފައި ތިބިތަން އެބަފެންނަ ކަމަށް، އަދި ބޮޑު ސޯބު މަރަށް ތެޅޭތަން ފެނުނީމައި ވަރަށް ހިނި އަންނަކަމަށް އައްބާސްގެ ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ބޮޑު ސޯބު މަރަށް ތެޅޭތަން ފެނުނީމައި އަހުރެން ވަރަށް ހިނިއާދެ.. މަޖުބޫރީ ހާލަތުގައި ސްޓޭޓަސް ލިޔެފައި މިމީހާ އަށް ގުޅާފައި ހަމަ އެބޭފުޅުން ވާހަކަތައް ކިޔާދީ ހިތްވަރު ދިނުމަކީ މިމީހާއަށް ލިބޭ ބޮޑު އުފަލެއް...މިއަދު އެހެން އެތިއްބަވަނީ އަދި ވަގުތު ނުޖެހޭތީ..ވަގުތު ޖެހުނީމަ ތަޅު ހުޅުވާފައި ފިލައިގެންދާނީ ދަތް އަޅާފައިކަން ދަންނަން ވާނެ..ސުވާލަކީ ފާރުގަޑު ފަސޭހަވާނެތޯ؟

މެންބަރު އައްބާސް

އައްބާސް ވިދާޅުވީ، ހިނގާ ދިޔަ ކަމެއް ނުހިނގާ ކަމަށް ބުނެ މަޖުބޫރީ ހާލަތުގައި ބިރުން ތިބެ ސޯސަލް މީޑިއާގައި އެކި ބޭފުޅުން ވަކި ވަކިން ސްޓޭޓަސް ލިއުނަސް އެއީ ހިނގާދިޔަ ކަމެއް ކަމަށެވެ. އަދި މިއަދު ރައްޔިތުންނަށް އެނގި ހާމަވަނީ ރައްޔިތުންގެ މަޖިލީސް އަށް ރައްޔިތުން އިންތިހާބު ކުރެއްވި މެންބަރުން ބަނދެގެން ގެންގުޅުއްވާ ނިކަމެތި ހާލު ކަމަށާއި ސްޓޭޓަސް ނުލިޔާ ކޮންމެ މީހަކީ ބައްދަލުވުން ލީކް ކޮށްލި މީހެއްގެ ލަގަބު ދޭނެކަމަށް ޕީޖީ ގްރޫޕްގައި ލިއުނީމަ ކޮންމެ މެންބަރަކުވެސް ވަކިވަކިން ސްޓޭޓަސް ލިޔާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

- ކޮމެންޓް