ޣައްޒާ ހަނގުރާމައާ ގުޅޭ ސަރުކާރުގެ ޕްލޭން އާ ބެހޭ ގޮތުން ސިފައިންގެ ސްޓޭންޑް "ޖެހިލުމެއް ނެތި" ފާޅުކުރަމުން ގެންދާނެ ކަމަށް އިސްރާއީލުގެ ސިފައިންގެ އިސްވެރިޔާ ލެފްޓިނަންޓް ޖެނެރަލް އެޔާލް ޒަމީރު ބުރާސްފަތި ދުވަހު ބުނެފިއެވެ.
ނަތަންޔާހޫގެ ކެބިނެޓް ބައްދަލުވުމުގެ ކުރިން، ވީރާނާވެފައިވާ ފަލަސްތީނުގެ ޣައްޒާ ގެ ކަންކަން ކުރިއަށް ދާނެ ގޮތާ ގުޅޭގޮތުން ކެބިނެޓާއި ޒަމީރުއާ ދެމެދު ޚިޔާލު ތަފާތުވުންތަކެއް ހުރިކަމުގެ އަޑުތައް އިސްރާއީލުގެ ނޫސްތަކުގައި ފެތުރިފައިވެއެވެ.
"އަހަރެންނަށް ފެންނަ އެއްޗެއް އަމަލީގޮތުން، މިނިވަންކަމާއެކު އަދި ޕްރޮފެޝަނަލްކޮށް، ޖެހިލުމެއް ނެތި ފާޅުކުރަމުން ގެންދާނަމެވެ،" ސިފައިންގެ ބަޔާނެއްގައި ޒަމީރު ބުނެފައިވެއެވެ.
އިސްރާއީލުގެ މީޑިއާގައި ބުނެފައިވާ ގޮތުގައި، ސެކިއުރިޓީ ކެބިނެޓުގެ ބައްދަލުވުން މެންދުރުފަހު ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އަދި ބޮޑު ވަޒީރު ބެންޖަމިން ނެތަންޔާހޫ ޣައްޒާ މުޅިން ހިފުމަށް ކެބިނެޓް ގެ ހުއްދަ އަށް އެދޭނެކަމަށް ލަފާކުރެވެއެވެ.
މި ވިސްނުމާ އަސްކަރިއްޔާގެ ވެރިޔާ ދެކޮޅުކަން ބުދަ ދުވަހުގެ ކުރީކޮޅު، ރިޕޯޓުކުރެވުނު ފަހުން، ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް މި މައްސަލައާ ގުޅޭގޮތުން ދެއްކި ވާހަކައިގައި، ސޯޝަލް މީޑިއާގައި ބުނެފައިވަނީ ޣައްޒާއާ ގުޅޭގޮތުން ސަރުކާރުން ނިންމާ ކޮންމެ ނިންމުމެއް އިސްރާއީލުގެ ސިފައިން ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ.
ކަޓްޒް އޭނާގެ އެކްސް އެކައުންޓުން ކުރި ޕޯސްޓުގައި ބުނެފައިވަނީ "ސިފައިންގެ އިސްވެރިޔާ އަށް އެކަށީގެންވާ ފޯރަމްތަކުގައި އޭނާގެ ސްޓޭންޑް ފާޅުކުރުމަކީ އޭނާގެ ޙައްޤެއް އަދި ވާޖިބެއް" ނަމަވެސް ސަރުކާރުން ނިންމާ ސިޔާސަތުތަކަށް ސިފައިން އިޙްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.