Advertisement
ކ. މާލެ
|
7 އޯގަސްޓް 2025 | ބުރާސްފަތި 11:07
ރަސްމާލެ ބިން ހިއްކުން
ރަސްމާލެ ބިން ހިއްކުން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ރަސްމާލެ
ރަސްމާލެ ހިއްކުން ހުއްޓާލައިފި، ފައިސާ ނުދީގެން ޑްރެޖަރު ނައްޓާލައިފި
ބިންހިއްކަން ބޭނުން ކުރި ޑްރެޖަރު މަސައްކަތް ހުއްޓާލައިގެން މަހެއްހާ ދުވަހު އޮތުމަށް ފަހު ފުރައިގެން ދަނީ ޑުބާއީ ކަމަށް އެނގިފައިވޭ
މޯދީގެ ދަތުރުފުޅުގެ ތެރެއިން ޕޭމަންޓެއް ހަމަ ޖެހޭނެ ކަމަށް ކުންފުނިން އުއްމީދު ކުރި ކަމަށްވޭ
ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ހުއްޓިފައި

ރަސްމާލެ ހިއްކަން ގެންގުޅުނު ޑްރެޖަރު ފައިސާ ނުދައްކައިގެން ފުރައިގެން ހިނގައްޖެ އެވެ.

އެ ޑްރެޖަރަކީ، އިންޑިއާގެ ކުންފުންޏެއް ކަމަށް ވާ އެމްއެމް އެކްސްޕޯޓުގެ ޑްރެޖަރެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ބިން ހިއްކުަމަށް ބޭނުން ކުރި ހޮޕަރ ޑްރެޖަރު ފުރައިގެން ދިޔައިރު، ފައިސާ ނުދައްކައިގެން މަހެއްހާ ދުވަހު މަސައްކަތް ހުއްޓާލައިގެން އޮތް ކަމަށް ވެސް އެނގިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމްއެމް އެކްސްޕޯޓަށް ދައްކަން ޖެހޭ ފައިސާ ސަރުކާރުން ނުދައްކައިގެން އެ ފައިސާ ހޯދުމަށް އެތައް މަސައްކަތެއް ވަނީ ކޮށްފައެވެ.

މައުލޫމާތު ދިން ފަރާތުން ބުނެފައި ވަނީ، އެމްއެމް އެކްސްޕޯޓުން އުއްމީދު ކޮށްގެން ތިބީ އިންޑިއާގެ ބޮޑުަވަޒީރު މޯދީގެ ދަތުރުފުޅާ ގުޅިގެން ޕޭމަންޓެއް ހަމަޖެހޭނެ ކަމަށެވެ. އެހެން ނަމަވެސް އެކަން ވެސް އެގޮތައް ހަމަ ނުޖެހުމުން އެންމެ ފަހުން ފުރައިގެން ދިޔުން ނޫން ގޮތެއް ނެތުނީ ކަމަށެވެ.

ބިންހައްކަން ބޭނުން ކުރި ޑްރެޖަރު ފުރައިގެން ދަނީ ޑުބާއީ ކަމަށް އެނގިފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއް ދެއްވި މި މަޝްރޫއުގެ ބިން ހިއްކުން މިހާރު ވަނީ އެއް ކޮށް ހުއްޓިފައެވެ.

މާލޭ އިކޯ ސިޓީ ގެ ނަމުގައި ހިންގާ މި މަޝްރޫއު ބަލަހައްޓާ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ވެބްސައިޓް ބުނާ ގޮތުން މަޝްރޫގެ ބިން ހިއްކުން މިހާތަނަށް ނިމިފައި ވަނީ އެންމެ 10.8 އިން ސައްތަ މަސައްކަތެވެ.

އެޗްޑީސީ އިން ބުނާ ގޮތުގައި މަޝްރޫއު ފުރިހަމަ ވާނީ 1150 ހެކްޓަރުގެ ބިން ހިއްކުމުންނެވެ. އަދި މިހާތަނަށް ހިއްކިފައި ވަނީ 123 ހެކްޓަރުގެ ބިމެވެ.

މިއީ 65،000 ހައުސިންގ ޔުނިޓް އެޅުމަށް ހިންގާ މަޝްރޫއެއް ކަމަށް ވެސް އެޗްޑީސީ އިން ބުނެފައިވެއެވެ.

ރައްޔިތުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އަމާޒުކޮށް ރަސްމާލޭގައި އެކަނިވެސް އެކިކަހަލަ 30 ހާސް ހައުސިންގ ޔުނިޓް އަޅާނެކަމުގައި ރައީސް މުއިއްޒު ކުރިން ވިދާޅުވެފައިވެއެވެ.

މާލެ އާއި ރަސްމާލެ ގުޅުވައިލައްވާނީ ކަނޑު އަޑިން އަޅާ ޓަނަލަކުން ކަމުގައި ރައީސް މުޢިއްޒު ވިދާޅުވެފައިވެއެވެ. މުއިއްޒު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރު (ބައި-އިލެކްޝަން)ގެ މޭޔަރ އަދި ކައުންސިލް މެންބަރުން ހުވައިކުރެއްވުމުގެ ދަރުބާރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވެފައި ވަނީ ރަސްމާލެ އާއި މާލެ ގުޅުވައިލުމަށް ކަނޑު އަޑިން އަޅާ ޓަނަލް ވެގެންދާނީ އެޓަނަލްގައި ރޭލުގައި ދުއްވާފައި ދާއިރު ކަނޑު އަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލަކަށް ކަމުގައެވެ. އަދި މިއީ ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރުންވެސް އެތައް ގުނައެއް އިތުރުވެގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، ޓަނަލް އެޅުމަށްޓަކައި އެކަމުގެ ޤާބިލުކަން ހުރި ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރަމުން ގެންދަވާކަމަށާއި، ފީސިބިލިޓީގެ މަސައްކަތް ފަށާފައިވާ ކަމުގައިވެސް 22 ޖެނުއަރީ 2024 ވަނަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.

- ކޮމެންޓް