ކ. މާލެ
|
6 އޯގަސްޓް 2025 | ބުދަ 11:41
އެފްއޭއެމްގެ ހިންގާ ކޮމެޓީ އިންތިޚާބު ކުރުމަށް ބޭއްވި ކޮންގްރެސްގެ ތެރެއިން
އެފްއޭއެމްގެ ހިންގާ ކޮމެޓީ އިންތިޚާބު ކުރުމަށް ބޭއްވި ކޮންގްރެސްގެ ތެރެއިން
އަވަސް
އެފްއޭއެމް
އެފްއޭއެމްގެ ކޮމެޓީތަކަށް މެމްބަރުން އައްޔަން ކޮށްފި
ރާއްޖޭގެ ފުޓުބޯޅަ އަށް މިއަހަރު 75 އަހަރު ފުރޭތީ، ކުލަ ގަދަ ގޮތެއްގައި އެކަން ފާހަގަ ކުރުމަށް އެފްއޭއެމް އިން ނިންމާފައިވާތީ، އެކަމަށް ވެސް ވަނީ ކޮމެޓީއެއް އައްޔަން ކޮށްފަ އެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ސްޓޭންޑިން ކޮމެޓީ ތަކާއި، އެޑްހޮކް ކޮމެޓީ ތަކަށް މެމްބަރުން އައްޔަން ކޮށްފި އެވެ.

އެފްއޭއެމްގެ ކޮމެޓީ ތަކަށް މެމްބަރުން އައްޔަން ކޮށްފައި ވަނީ، އަންގާރަ ދުވަހު އޮތް އެފްއޭއެމްގެ ހިންގާ ކޮމެޓީގެ ދެ ވަނަ ބައްދަލުވުމުގަ އެވެ.

އެފްއޭއެމްގެ ސްޓޭންޑިން ކޮމެޓީގެ ތެރެއިން އަންހެން ފުޓުބޯޅަ ކޮމެޓީ އަށް އައްޔަން ކޮށްފައި ވަނީ ތިން މެމްބަރުންނެވެ. އެއީ އެފްއޭއެންގެ ސީނިއާ ނައިބު ރައީސް އަލީ އިބްރާހީމް (ކައްޕި)ގެ އިތުރުން، ޙައްވާ ނަސްރާ ސައީދު އަދި ޙައްވާ ރަޝީދާ އެވ.

މީގެ އިތުރުން އެމޭޗާ އެންޑް ގްރާސް ރޫޓްސް ކޮމެޓީ އަށް ވަނީ ފަސް މެމްބަރުން އައްޔަން ކޮށްފަ އެވެ. އެއީ އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު މުޙައްމަދު އުމައިރުގެ އިތުރުން، އޮޑި ސްޕޯޓްސް ކުލަބުގެ ފަރީދު މުޙައްމަދު، ގްރީސް ސްޓްރީޓްސްގެ ލޫތު މުޙައްމަދު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޒަހީނުއްދީން އަދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މުޙައްމަދު އަރީފް އެވެ.

އެފްއޭއެމްގެ އެޑްހޮކް ކޮމެޓީ ތަކުގެ ތެރެއިން ފުޓްސަލް އެންޑް ބީޗް ސޮކާ ކޮމެޓީ ގައި ހިމެނެނީ ހަތަރު މެމްބަރުންނެވެ. އެއީ އެފްއޭއެންގެ ނައިބު ރައީސް މުޖުތަބާ އަލީ، އެފްއޭއެމްގެ ހިންގާ ކޮމެޓީގެ މެމްބަރު އިމްރާން މުޙައްމަދު، އޮޑި ސްޕޯޓްސް ކުލަބުގެ ޢަބްދުﷲ ޝައްފާން އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ޙުސެއިން ނިހާދު އެވެ.

އެޑްހޮކް ކޮމެޓީގެ ތެރެއިން ޑައިމަންޑް ޖުބިލީ ކޮމެޓީގައި ވެސް ހިމެނެނީ ހަތަރު މެމްބަރުންނެވެ. މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް މިއަހަރު 75 އަހަރު ފުރޭތީ، ކުލަ ގަދަ ގޮތެއްގައި އެކަން ފާހަގަ ކުރުމަށް އެފްއޭއެމް އިން ނިންމާފައިވާތީ، އެކަމަށް އައްޔަން ކޮށްފައިވާ ކޮމެޓީ އެކެވެ.

މި ކޮމެޓީ ގައި ހިމެނެނީ އެންމެ ފަހުން ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗަކަށް ހުރި އަލީ ސުޒޭން އެވެ. ދެން ހިމެނެނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޗެއާމަން އަޙުމަދު މުބީންގެ އިތުރުން، ވެލެންސިއާގެ ޗެއާމަން ޢަބްދުﷲ އަޒްމީން އަދި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއް ލަތީފް މުޙައްމަދު އެވެ.

- ކޮމެންޓް