އުރީދޫ މޯލްޑިވްސް އާއި އަމާނާ ތަކާފުލް އިންޝުއަރެންސް ގުޅިގެން އުރީދޫ ކަސްޓަމަރުންނަށް ހާއްސަ ހޯމް އެސެޓް އިންޝުއަރަންސް ޕެކޭޖެއް ތައާރަފު ކޮށްފިއެވެ.
އެއްވެސް އަގަކާ ނުލައި ފޯރުކޮށްދޭ މި އެކްސްކްލޫސިވް ބަންޑަލް މެދުވެރިކޮށް ކަސްޓަމަރުންގެ ގޭގައި ހުންނަ ތަކެތި ސުޕަނެޓް އިންސްޓޯލްކުރާ ތަނެއްގައި އިންޝުއަރ ކުރެވިގެންދާނެއެވެ.
ހޯމް އެސެޓް އިންޝުއަރަންސް އިން ފަރުނީޗަރާއި ފިޓިންގްސް، އިލެކްޓްރޯނިކް ސާމާނު، ފޭރާމާއި އަމިއްލަ ސާމާނު، ކުޅިވަރު ސާމާނު އަދި ޕެޓްސްއާ ގުޅުންހުރި ތަކެއްޗަށް ކަވަރޭޖް ފޯރުކޮށްދެއެވެ.
އޮގަސްޓް މަހު އަލަށް ސުޕަރނެޓު ނަންގަވާ ފަރާތްތަކުން ސުޕަރނެޓު އެކްޓިވޭޓް ކުރުމުން މި އޮފަރ ނެގުމަށް އެލިޖިބަލް ވާނެއެވެ. ސުޕަރނެޓު އެކްޓިވޭޓް ކުރުމަށްފަހު ކަސްޓަމަރުންނަށް މިޚިދުމަތަށް އެދެވޭނެއެވެ.
އުރީދޫ މޯލްޑިވްސްގައި، އަޅުގަނޑުމެންގެ އަމާޒަކީ، ހަމައެކަނި ހަލުވި ސްޕީޑްގެ އިންޓަނެޓް ފޯރުކޮށްދިނުމެއް ނޫނެވެ. އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް މާނަހުރި އަދި ޢަމަލީ ޙައްލުތަކެއް ފޯރުކޮށްދީ، ދިރިއުޅުން ކުރިއެރުވުމަށް މަސައްކަތްކުރުން. އަމާނާ ތަކާފުލް އިންޝުއަރެންސްއާ ގުޅިގެން ސުޕަނެޓާއެކު މި ފޯރުކޮށްދެވޭ ހޯމް އިންޝުއަރަންސާއެކު ގެއާއި މުދާ ހިމާޔަތްކުރެވިފައިވާ ކަމުގެ ހިތުގެ ހަމަޖެހުން ލިބިގެންނެވެ.