Advertisement
ކ. މާލެ
|
28 ޖުލައި 2025 | ހޯމަ 19:50
ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ތިންދުވަސް ވަންދެން ގައުމީ ދިދަ ބައިދަނޑި އަށް ތިރި ކުރުމަށް ސަރުކާރުން ވަނީ ނިންމާފައި
ޙަސަން ޞާބިރު އަވަހާރަވުމާ ގުޅިގެން އެކަމުގެ ހިތާމައިގައި، ތިންދުވަސް ވަންދެން ގައުމީ ދިދަ ބައިދަނޑި އަށް ތިރި ކުރުމަށް ސަރުކާރުން ވަނީ ނިންމާފައި
ރައީސް އޮފީސް
ޙަސަން ޞާބިރު
ޙަސަން ޞާބިރު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފި
ޖަނާޒާ ބާއްވާފައި ވަނީ ހޯމަ ދުވަހު އަސްރު ނަމާދަށްފަހު
ފަސްދާނުލީ ގަލޮޅު ސަހަރާ ގައި

ޙަސަން ޞާބިރު ރަސްމީ އިއްޒަތުގައި ފަސްދާނުލައިފިއެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ ހަސަން ސާބިރުގެ ޖަނާޒާ ބާއްވާފައި ވަނީ ހޯމަ ދުވަހު އަސްރު ނަމާދަށްފަހު ގަލޮޅު ސަހަރާ ގައެވެ. ކަށު ނަމާދު ކޮށްފައި ވަނީ އިސްލާމީ މަރުކަޒުގައެވެ.

ޞާބިރު އަވަހާރަވީ ގިނަ ދުވަސްތަކަކަށް އާލާސްކަންފުޅާ އުޅުއްވުމަށް ފަހު ހޯމަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ޙަސަން ޞާބިރުގެ މޫނު ދެއްކުން އޮތީ އިސްލާމީ މަރުކަޒުގައެވެ. ގިނަ އަދަދެއްގެ ބަޔަކު އެމަނިކުފާނަށް އެންމެ ފަހުގެ އިހްތިރާމް އަދާ ކުރުމަށާއި، ކަށު ނަމާދުގައި ބައިވެރިވުމަށް ހާޒިރުވިއެވެ. ސާބިރުގެ މައްޗަށް ކުރެވުނު ކަށު ނަމާދުގައި ސަރުކާރުގެ ވެރިންނާއި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭގެ އިޤްތިޞާދީ ދާއިރާއަށް ވަރަށްދިގު މުއްދަތެއްގައި ޚިދުމަތްތަކެއް ކޮށްދެއްވި ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ލަޤަބް މި އަހަރުގެ މިނިވަން ދުވަހު އަރުވާފައިވާ ގަލޮޅު ފިޔާތޮށިގޭ ޙަސަން ޞާބިރު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި 29 ޖުލައި 2025ވާ އަންގާރަ ދުވަހުން ފެށިގެން ތިން ދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރި ކުރެއްވުމަށް ސަރުކާރުން ވަނީ ހަމަޖައްސަވައިފައެވެ.

ސާބިރު އަވަހާރަވިއިރު ޢުމުރުފުޅަކީ 73 އަހަރެވެ.

ޞާބިރަކީ، 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި، ދިވެހި ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ.

- ކޮމެންޓް