ކ. މާލެ
|
24 ޖުލައި 2025 | ބުރާސްފަތި 13:34
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް
ބީއެމްއެލް އިން އެސްޑީއެފްސީ ގަތުމުގެ މުއާމަލާތް ހިންގަމުންދަނީ ގާނޫނާއި ގަވައިދާ އެއްގޮތަށް
ބީއެމްއެލުން ބުނީ، އެސްޑީއެފްސީ ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިންގ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގަތުމުގެ މުއާމަލާތް ހިންގަމުންދަނީ ގާނޫނާއި ގަވައިދާ އެއްގޮތަށް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ބީއެމްއެލުން ބުނީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމަށް އުފައްދާފައިވާ އެސްޑީއެފްސީ ގައި އޮންނަ ސަރުކާރުގެ ހިއްސާ ގަތުމުގެ ޝައުގުވެރިކަން ފާޅުކޮށް، އެކަމަށް ސަރުކާރުގައި އެދިފައިވާ ކަމަށެވެ. އަދި ބޭންކުގެ ހުށަހެޅުމަށް ރިއާޔަތްކޮށް އެސްޑީއެފްސީގައި އޮންނަ ސަރުކާރުގެ ހިއްސާ ވިއްކާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލުން ބުނީ، އެސްޑީއެފްސީ ގަތުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ ބޭންކިންގ ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުމުގެ މަތީން އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު ކަމަށެވެ.

ބޭންކުން މިހާރު މި މަރުހަލާތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބީއެމްއެލުން ބުނެއެވެ.

- ކޮމެންޓް