Advertisement
ކ. މާލެ
|
20 ޖުލައި 2025 | އާދީއްތަ 17:39
ޑރ. މުއިއްޒު ރިޔާސީ ކެމްޕޭންގައި ވިދާޅުވަމުން ގެންދެވީ ގޯހުން ވިޔަސް ފެއިލްވެފައިވާ ސިޔާސަތެއްގެ ދަށުން ވިޔަސް ރައްޔިތަކަށް ދީފައިވާ ފްލެޓްކަށްވެސް ގޯއްޗަކަށް ވެސް ހުރަސް ނާޅުއްވާނެ ކަމަށް
ޑރ. މުއިއްޒު ރިޔާސީ ކެމްޕޭންގައި ވިދާޅުވަމުން ގެންދެވީ ގޯހުން ވިޔަސް ފެއިލްވެފައިވާ ސިޔާސަތެއްގެ ދަށުން ވިޔަސް ރައްޔިތަކަށް ދީފައިވާ ފްލެޓްކަށްވެސް ގޯއްޗަކަށް ވެސް ހުރަސް ނާޅުއްވާނެ ކަމަށް
ރާއްޖެއެމްވީ
ގެދޮރުވެރިޔާ ސްކީމް
ބޮޑު އޮޅުވާލުމެއް! ގެދޮރުވެރިޔާ ސްކީމުން ދޫ ކުރާ ފްލެޓަކީ ކުއްޔަށް ދޭ އުސޫލުން ދޭ ތަނެއް، ޑައުން ޕޭމަންޓަށް 25،000 ދައްކަން ޖެހޭ!
ރައީސް ސޯލިހް ސަރުކާރުން ކުލީގެ ގޮތުގައި ކަނޑައަޅާފައި ވަނީ 02 ކޮޓަރި އަށް މަހަކު 5،000 ރުފިޔާ އަދި 03 ކޮޓަރީގެ ފުލެޓަކަށް މަހަކު 7،000 ރުފިޔާ
މި ސަރުކާރުން ކަނޑައަޅާފައި ވަނީ 2 ކޮޓަރީގެ ފްލެޓަށް 7000 ރުފިޔާ އަދި 3 ކޮޓަރީގެ ފްލެޓަށް 9000 ރުފިޔާ
މިއީ ރިޔަލް އެސްޓޭޓް އުސޫލުން ފަހިދިރިއުޅުން ކޯޕަރޭޝަނަށް 25 އަހަރުގެ މުއްދަތަކަށް އަގުދައްކާ ޚަލާސް ކުރުމުން މިލްކުކުރެވޭ ގޮތަށް ދޫކުރެވޭ އެޕާރޓްމަންޓްތަކެއް ގެ ގޮތުގައި ވަނީ ހަމަޖައްސާފައި

ރައީސް ސޯލިހް ސަރުކާރުން 'ގެދޮރުވެރިޔާ' ސްކީމުގެ ދަށުން އެޅި 4000 ފްލެޓް މި ސަރުކާރުން ދޫކުރަނީ ރިއަލް އެސްޓޭޓް އުސޫލުން ކުއްޔަށް ދޫކުރާ ފްލެޓް ތަކެއްގެ ގޮތުގައި ކަން ހާމަ ވެއްޖެއެވެ.

4000 ފުލެޓްގެ މަޢުލޫމާތު ހޯދުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއެކު 20 ޖުލައި 2025 ވަނަ ދުވަހު ފަހި ޔޫނިއަން އިން ބޭއްވި ބައްދަލުވުމެއް ގައި އެކޯޕަރޭޝަނުން ޙިއްސާކުރި މައުލޫމާތުގައިވާ ގޮތުން މިސްކީމަކީ މީގެ ކުރިން ހިންގި ސޯޝަލް ހައުސިންގ ސްކީމްތަކާ ޚިލާފަށް ފްލެޓް ދޫކުރާ ސްކީމެއް ކަމަށް އެފްޑީސީ އިން ވަނީ ބުނެފައެވެ.

މި ބައްދަލުވުމުގައި އެ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، މި 4000 ފުލެޓަކީ ކުއްޔަށްދޭ އުސޫލުން ދޫކުރާ ފުލެޓްތަކެކެވެ.

މި ފުލެޓް ތަކަކީ އެހެނިހެން ރިއަލް އެސްޓޭޓް ކުންފުނިތަކުން ވެސް ދިގު މުއްދަތަކަށް އަގު ދައްކާ ޚަލާސް ކުރުމުން މިލްކު ކުރެވޭ އުސޫލުން، ފަހި ދިރިއުޅުން ކޯޕަރޭޝަނަށް 25 އަހަރުގެ މުއްދަތަކަށް އަގު ދައްކާ ޚަލާސް ކުރުމުން މިލްކުކުރެވޭ ގޮތަށް ދޫކުރެވޭ އެޕާރޓްމަންޓްތަކެއް ކަމަށް ފަހި ޔޫނިއަން އިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މިހާތަނަށް ރާއްޖޭގައި ހިންގާފައިވާ ހައުސިން ސްކީމް ތަކަކީ ސޯޝަލް ހައުސިން ގެ ގޮތުގައި ހިންގާފައިވާ ބޯހިޔާވަހިކަމުގެ ޕްރޮގްރާމްތަކެއްގެ ގޮތުގައި ފާހަގަ ކުރެވޭއިރު، ރާއްޖޭގައި އެންމެ ފަހުން ދޫކުރި ސޯޝަލް ހައުސިންގ ސްކީމް ކަމުގައިވާ "ހިޔާ" މަޝްރޫޢުގެ ދަށުން ފުލެޓް ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރާ ހިސާބުން ފެށިގެން އެއީ އެފަރާތެއްގެ އަމިއްލަ މިލްކެއް ކަމަށް ހަދައި ދިނުމުގެ އިތުރުން އެ ފުލެޓްތަކަށް ޑައުންޕޭމަންޓް ދައްކަން ނުޖެހި އެގްރީމަންޓްގައި ސޮއި ކުރާ ހިސާބުން ތަޅުދަނޑި ހަވާލުކުރެވި ފުލެޓް ހަވާލު ކުރެވޭ ގޮތައް ހިންގާފައިވާ ސްކީމު ތަކެއްކަން ފާހަގަ ކުރެވެއެވެ.

ނަމަވެސް ގެދޮރުވެރިޔާ ސްކީމުގެ ދަށުން އެޕާރޓްމަންޓްތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހޭނެކަ ކަމަށް އެފްޑީސީ އިން ވަނީ ބުނެފައެވެ. އަދި ޑައުން ޕޭމަންޓަށްވާ 25،000 ހާސް ދެއްކުމުން މެނުވީ ތަޅުދަނޑި ޙަވާލު ނުކުރެވޭނެ ކަމަށް އެ ފަރާތުން ބުނި ކަމަށް ވެސް ފަހި ޔޫނިއަން އިން ބުނެއެވެ.

ހަމަ މިއާ އެކު ކޮންމެ މީލާދީ މަހެއްގެ 10 ވަނަ ދުވަހުގެ ފަހުން ކުލި ދައްކާ ނަމަ 7،000 ރުފިޔާ ދައްކާ 02 ކޮޓަރީގެ އެޕާރޓްމަންޓަކަށް 100% އަށް ވުރެ ބޮޑު ޖޫރިމަނާ އާއި އެކު 15،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެފްޑީސީ އާ އެކުވެވޭ އެގްރިމެންޓްގައި ހިމަނާފައިވާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. އަދި 9،000 ރުފިޔާ ދައްކާ 03 ކޮޓަރީގެ އެޕާރޓްމަންޓަކަށް 170% އަށް ވުރެ ބޮޑު ޖޫރިމަނާ އަކާއި އެކު 25،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެފްޑީސީ އިން ވަނީ ބުނެފައެވެ.

ފަހި ޔޫނިއަން އިން ބުނެފައިވާ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިހާބުގެ ކެމްޕެއިނު ގައި، ނިމިދިޔަ ސަރުކާރުން ދީފައިވާ ފްލެޓްތައް އަތުނުލާނެ ކާމަށާއި އަދި ފްލެޓްތައް ދޭން ނިންމާފައިވާ ގޮތަކަށް ބަދަލެއް ނުގެނެސް ދިން އެއްޗެއް ދިން ގޮތަކަށް އެއަށް ވުރެ ފުރިހަމަ ކޮށް ދޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި، އަދި ރައީސް މުޢިއްޒު ވެރިކަމާއި ހަވާލު ވުމަށްފަހު ރާއްޖޭގެ އިޤްތިސާދީ ޙާލަތަށް ރިޢާޔަތްކޮށް ކަމަށް ވިދާޅުވެ، ހުޅުމާލެ ފޭސް-1 ގެ ފުލެޓްތަކާއި، ހިޔާ ފުލެޓް، ވިނަރެސް ފުލެޓްގެ އިތުރުން ރާއްޖޭގެ އެހެނިހެން ސޯޝަލް ހައުސިންގ ޔުނިޓް ތަކުގެ ކުލި ކުޑަކުރެއްވި ފަދައިން މި 4000 ފުލެޓްގެ ކުލިވެސް ކުޑަކޮށް ދިނުމަށް ފަހި ޔޫނިއަން އިން ވަނީ ގޮވާލާފައެވެ.

ފަހި ޔޫނިއަނުން އިން ފާހަގަ ކުރާ ގޮތުގައި ނިމިދިޔަ ސަރުކާރުން ވަނީ ފުލެޓް ލިބޭ ފަރާތާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އެކު ފުލެޓް ކަނޑައަޅާ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.

އެ އެއްބަސްވުމުގައި ކަނޑައަޅަފައި ވަނީ 02 ކޮޓަރީގެ ފުލެޓުގެ ކުއްޔަކީ މަހަކު 5،000 ރުފިޔާ ކަމަށެވެ. އަދި 03 ކޮޓަރީގެ ފުލެޓުގެ ކުއްޔަކީ މަހަކު 7،000 ރުފިޔާ ކަމަށެވެ.

- ކޮމެންޓް