ކ. މާލެ
|
19 ޖުލައި 2025 | ހޮނިހިރު 09:17
މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބު އަދި ޒައިކް ބައްދަލު ކުރި މެޗުގެ ތެރެއިން
މުބާރާތުގައި ދިވެހި ސިފައިންގެ ކުލަބު އަދި ޒައިކް ބައްދަލު ކުރި މެޗުގެ ތެރެއިން
ކާވާ
ކާވާ މެންސް ޗެމްޕިއަންސް ލީގު
ސިފައިންނާއި އެޗްޑީސީ ކުޅުނު ދެ ވަނަ މެޗުން ވެސް ބަލިވެއްޖެ
މުބާރާތުގައި އެޗްޑީސީގެ ތިން ވަނަ މެޗުގައި ނިކުންނާނީ ޒައިކްއާ ދެކޮޅަށެވެ. އަދި ސިފައިންގެ ކުލަބުގެ ތިން ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ސްރީ ލަންކާ ޕޯޓްސް ލިމިޓެޑާ ދެކޮޅަށެވެ.

ރާއްޖޭގައި ކުރިއަށްދާ ކާވާ މެންސް ލީގު 2025 ގައި ރާއްޖޭގެ ދިވެހި ސިފައިންގެ ކުލަބާއި، ކުލަބު އެޗްޑީސީ ކުޅުނު ދެ ވަނަ މެޗުން ވެސް ބަލިވެއްޖެ އެވެ.

މުބާރާތުގައި ސިފައިންގެ ކުލަބުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ހެލްޕް ނޭޕާލް އަތުން ތިން ސެޓު ދެ ސެޓުން ބަލިވެފަ އެވެ. އަދި އެޗްޑީސީގެ ފުރަތަމަ މެޗުގައި އެ ޓީމު ވަނީ ބަޝިކް އަތުން ސީދާ ތިން ސެޓުން ބަލިވެފަ އެވެ.

ހުކުރު ދުވަހުގެ ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގައި ސިފައިންގެ ކުލަބު ނިކުތީ ޒައިކް ވޮލީބޯލް ކުލަބާ ދެކޮޅަށެވެ. އެ މެޗުގައި ޒައިކް ވޮލީބޯލް ކުލަބު އިން ވަނީ ސިފައިންގެ ކުލަބުގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިފަ އެވެ.

މެޗުގެ ސެޓުތައް ޒައިކް ވޮލީބޯލް ކުލަބު އިން ކާމިޔާބު ކުރީ 25-17،25-22 އަދި 25-15 އިންނެވެ.

މުބާރާތުގައި އެޗްޑީސީގެ ދެ ވަނަ މެޗުގައި ހުކުރު ދުވަހުގެ ރޭ އެ ޓީމު ނިކުތީ ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗުގައި ހެލްޕް ނޭޕާލް ސްޕޯޓްސް ކުލަބު އިން ވަނީ ތިން ސެޓު އެއް ސެޓުން އެޗްޑީސީގެ މައްޗަށް ކުރި ހޯދައިފަ އެވެ.

މެޗުގެ ފުރަތަމަ ސެޓު ހެލްޕް ނޭޕާލް އިން 25-19 އިން ކާމިޔާބު ކުރިއިރު، އެ ޓީމުން ދެ ވަނަ ސެޓު ކާމިޔާބު ކުރީ 25-23 އިންނެވެ. ނަމަވެސް އެޗްޑީސީ އިން ވަނީ ތިން ވަނަ ސެޓުގައި ރަނގަޅަށް ކުޅެ، 19-25 އިން ސެޓު ކާމިޔާބު ކޮށްފަ އެވެ. ވާދަވެރި ކުޅުމަކަށް ފަހު ހެލްޕް ނޭޕާލް އިން ވަނީ 25-22 އިން ހަތަރު ވަނަ ސެޓު ކާމިޔާބު ކޮށްފަ އެވެ.

މުބާރާތުގައި އެޗްޑީސީގެ ތިން ވަނަ މެޗުގައި ނިކުންނާނީ ޒައިކްއާ ދެކޮޅަށެވެ. އަދި ސިފައިންގެ ކުލަބުގެ ތިން ވަނަ މެޗުގައި އެ ޓީމު ނިކުންނާނީ ސްރީ ލަންކާ ޕޯޓްސް ލިމިޓެޑާ ދެކޮޅަށެވެ.

- ކޮމެންޓް