ކ. މާލެ
|
17 ޖުލައި 2025 | ބުރާސްފަތި 11:24
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ޝާސް ޕާޓީގެ ލީޑަރު
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ޝާސް ޕާޓީގެ ލީޑަރު
ރޮއިޓަރސް
އިސްރާއީލް
ނަތަންޔާހޫގެ ސަރުކާރުން ޝާސް ޕާޓި ވަކިވެއްޖެ
ސަރުކާރުން ވަކިވާން ޝާސް ޕާޓީ އިން ނިންމި ނަމަވެސް، އެ ޕާޓީ އިން ބުނެފައި ވަނީ ސަރުކާރުން ބޭރުގައި ތިބެ ސަރުކާރު ވައްޓާލުމަށް އެ ޕާޓީ އިން މަސައްކަތް ނުކުރާނެ ކަމަށެވެ.

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ މުހިންމު ބައިވެރިއެއް ކަމަށްވާ، ޝާސް ޕާޓީ ސަރުކާރުން ވަކިވެއްޖެ އެވެ. 

ނަތަންޔާހޫގެ ސަރުކާރުން ވަކިވާން ޝާސް ޕާޓީ އިން ނިންމުމާާ އެކު، ޤާނޫނު ހަދާ މަޖިލީގުގެ މެޖޯރިޓީ އޭނާ އަށް ގެއްލޭނެ އެވެ. ނަތަންޔާހޫގެ ސަރުކާރުން ވަކިވުމަށް ޝާސް ޕާޓީ އިން ނިންމާފައި ވަނީ، އެ ޕާޓީ ތާއިދު ކުރާ ފަރާތްތަކަށް އަސްކަރީ ޚިދުމަތުން އިސްތިސްނާ ދިނުމާ ބެހޭ ޤާނޫނާ ގުޅިގެން އުފެދިފައިވާ ޚިޔާލު ތަފާތުވުން ތަކުގެ ތެރެއިންނެވެ.

މި މައްސަލައާ ގުޅިގެން މި ހަފުތާގެ ކުރީ ކޮޅު އަލްޓްރާ އޯތޮޑޮކްސް އަނެއް ޕާޓީ ވެސް ވަނީ ސަރުކާރުން ވަކިވެފަ އެވެ. ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ގެއްލި، މައިނޯރިޓީ ސަރުކާރެއްގެ ގޮތުގައި ކުރިއަށް ދިޔުމަކީ ނަތަންޔާހޫ އަށް ކުރިމަތިވާނެ ގޮން ޖެހުމެއް ކަމަށް ސިޔާސީ މާހިރުން ބުނެފައިވެ އެވެ. 

ސަރުކާރުން ވަކިވާން ޝާސް ޕާޓީ އިން ނިންމި ނަމަވެސް، އެ ޕާޓީ އިން ބުނެފައި ވަނީ ސަރުކާރުން ބޭރުގައި ތިބެ ސަރުކާރު ވައްޓާލުމަށް އެ ޕާޓީ އިން މަސައްކަތް ނުކުރާނެ ކަމަށެވެ. އަދި ޤާނޫނު ހަދާ މަޖިލީހުގައި ވޯޓު ދިނުމާއި، ބައެއް ޤާނޫނު ތަކަށް ވޯޓު ދިނުމުގައި ސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

ކުރިއަށް އޮތް ދުވަސް ތަކުގެ ތެރޭގައި ޤާނޫނު ހަދާ މަޖިލީހުގެ މެޖޯރިޓީ ނުވަތަ އަޣުލަބިއްޔަތު ނެތި ކުރިއަށް ދިޔުމަށް ބޮޑު ވަޒީރު ނަތަންޔާހޫ އަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް މާހިރުން ލަފާ ކުރެ އެވެ. ނަމަވެސް، ސަރުކާރު ވައްޓާލުމުގެ މަސައްކަތް ނުކުރާނެ ކަމަށް ޝާސް ޕާޓީ އިން ބުނެފައިވުމަކީ، ސަރުކާރަށް ކޮންމެ ވެސް ވަރެއްގެ ހިތްހަމަ ޖެހުމަކަށް ވާނެ ކަމަށް ވެސް މާހިރުން ބުނެފައިވެ އެވެ.

- ކޮމެންޓް