Advertisement
ކ. މާލެ
|
16 ޖުލައި 2025 | ބުދަ 08:31
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާލައްވަނީ
ރައީސް އޮފީސް
އައު ޓާމިނަލް
ޖުލައި 26 ގައި ޓާމިނަލްގައި ހުޅުވަނީ އެއްބައި، މުޅި ޓާމިނަލް އެއްކޮށް ހުޅުވާވަރަށް ސަރުކާރަކަށް މަސައްކަތް ނުނިންމުނު
އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވިގެން ދަނީ ވެރިކަން ބަދަލުވެގެން އައި އިރުވެސް ޓައިމްލައިން އިން ގޮތަށް
ސެޕްޓެމްބަރަށް މުޅިން އެކީގައި ނިންމާލެވޭނެ

ޖުލައި 26 ގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލް އެއްކޮށް ހުޅުވޭވަރަށް ނުނިންމޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޖުލައި 26 ގައި ހުޅުވާއިރުގައި ނިންމާނީ ބޭނުންވާ ވަރަށް ކަމަށެވެ. އަދި އޭގެ ދެ މަހެއްހާ ދުވަސްތެރޭގައި، ސެޕްޓެމްބަރަށް މުޅިން އެކީގައި ނިންމާލެވޭނެ 'ކަންނޭނގެ' ކަމަށް ރައީސް ވިދާޅުވިއެވެ.

އެކަމަކު އެތަން ބޭނުންކުރަން ބޭނުންވާ މިންވަރަށް ހަމަ މިހާރު އެ ނިންމަނީ. މިވަގުތަށް ބޭނުންވާ މިންވަރަށް. މި ދެންނެވީ ޑިއުޓީފްރީ.

ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ވިދާޅުވީ ބައިވަރު ކަންކަން ކުރަން އެބަހުރި ކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަމީރު ހާމަކުރެއްވި ގޮތުގައި ވެރިކަން 2023 ނޮވެމްބަރު 17 ގަ ބަދުލު ވި އިރު ބެގެޖް ހެންޑްލިންގ ފިޔަވާ އެހެން ހުރިހާ މަސައްކަތެއްގެ ބޮޑު ބައި ވަނީ ނިމިފައި ކަމަށެވެ. ބެގެޖް ހެންޑްލިންގެ މަސައްކަތް ވެސް ކުރީ ސަރުކާރުން އޮތީ ބަޔަކާ ހަވާލު ކޮށްފައި ކަމަށް އަމީރު ވިދާޅުވިއެވެ.

އަމީރު ފާހަގަ ކުރެއްވި ގޮތުގައި، މުހިންމު ހުރިހާ މަސައްކަތެއްގެ 71 އިން ސައްތަ ވެރިކަން ބަދަލުވި އިރު ވަނީ ނިމިފައެވެ.

މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައި އޮތީ އޮކްޓޯބަރު 2024 ގައި އައު ޓާމިނަލް ހުޅުވާނެ ކަމަށެވެ. ނަމަވެސް އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވިގެން ދަނީ ވެރިކަން ބަދަލުވެގެން އައި އިރުވެސް ޓައިމްލައިން އިން ގޮތަށެވެ.

- ކޮމެންޓް