ޔޫކްރެއިންގެ ބޮޑު ވަޒީރު ޑެނީޒް ޝްމިހަލް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އުކްރެއިންގެ ބޮޑުވަޒީރު އަންގާރަ ދުވަހު އޭނާގެ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައިވާ ކަމަށް އޭނާ އާ ހަވާލާދީ މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.
އޭނާ އިސްތިއުފާ ދެއްވި އިރު މި ހަފްތާގައި ޔޫކްރެއިން ގެ ސަރުކާރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
ރަޝިޔާ އާ އެކު ހަނގުރާމަ ކުރަމުންދާ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވަނީ ހޯމަ ދުވަހު ފަސްޓް ޑެޕިއުޓީ ޕްރައިމް މިނިސްޓަރ ޔޫލިއާ ސްވިރިޑެންކޯ އެ މަޤާމަށް ނޮމިނޭޓްކުރައްވާފައެވެ.