Advertisement
ކ. މާލެ
|
15 ޖުލައި 2025 | އަންގާރަ 19:14
ނިލަންދޫ ދާއިރާގެ މެންބަރު ސައުދާގެ ކުރީގެ ފިރިކަލުން އިދްރީސް ފައުޒީ ރައީސްގެ އަނބިކަނބަލުން ސާޖިދާއާއެކު
ނިލަންދޫ ދާއިރާގެ މެންބަރު ސައުދާގެ ކުރީގެ ފިރިކަލުން އިދްރީސް ފައުޒީ ރައީސްގެ އަނބިކަނބަލުން ސާޖިދާއާއެކު
ރާއްޖެއެމްވީ
ފައުޒީ ޖޭއެސްސީއަށް
ރައީސް މުއިއްޒުގެ ކޮއްކޯފުޅު ސައުދާގެ ކުރީގެ ފިރިކަލުން ޖޭއެސްސީއަށް އައްޔަން ކުރަން މުއިއްޒުގެ ކޮންޓްރޯލް އޮންނަ މަޖިލީހުން ފާސްކޮށްފި
ކޮމިޓީއިން އެންމެ މަތިން މާކްސް ދިނީ ފައުޒީއަށް
އެ މަޤާމަށް ކުރިމަތިލެއްވި 8 ބޭފުޅުންގެ ތެރޭގައި، 2 ޤާނޫނީ ވަކީލުންނާ ޕީއެޗްޑީ ހައްދަވައިފައިވާ ބޭފުޅަކު ހިމެނުނު

ރައީސް ޑރ. މުހައްމު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާގެ ކުރީގެ ފިރިކަލުން އިދްރީސް ފައުޒީ ޖޭއެސްސީއަށް އައްޔަން ކުރަން މުއިއްޒުގެ ކޮންޓްރޯލް އޮންނަ މަޖިލީހުން ފާސްކޮށްފިއެވެ.

ޖޭއެސްސީއަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ހުޅުވާލި ފުރުސަތުގައި އެ މަޤާމަށް 8 ބޭފުޅަކު ކުރިމަތިލުމުން، ޖުޑިޝަރީ ކޮމިޓީން 6 މީހަކާއި އިންޓަރވިއު ކުރިއެވެ. އަދި އޭގެ ތެރެއިން 75 މާކްސް އިން މަތިން ލިބުނު 4 މީހެއްގެ ނަން ކޮމިޓީން ތަޅުމަށް ހުށަހެޅިއެވެ.

4 ނަމެއް ފޮނުވި އިރު ނިލަންދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ފާތިމަތު ސައުދާގެ ކުރީގެ ފިރިމީހާ އިދުރީސް ފައުޒީއަށް ކޮމިޓީން ދީފައިވަނީ 81 މާކުހެވެ. އެ މަޤާމަށް ކުރިމަތިލެއްވި 8 ބޭފުޅުންގެ ތެރޭގައި، 2 ޤާނޫނީ ވަކީލުންނާ ޕީއެޗްޑީ ހައްދަވައިފައިވާ ބޭފުޅަކު ހިމެނުނު ނަމަވެސް ކޮމިޓީން އެންމެ ގިނަ މާކްސް ދިނީ ފައުޒީ އަށެވެ.

އެ މަގާމަށް ކުރިމަތިލި އަށް ބޭފުޅުންނަކީ

  • އަލްއުސްތާޛު އިބްރާހީމް ޒާހިދު، ލިލީމާގެ/ ގދ. ވާދޫ
  • އަލްއުސްތާޛު އަހުމަދު އަލީ، ހމ. ފްލެޓް ނަންބަރު 01-ޖީ-108
  • އަލީ އާމިރު، މއ. ޕެންޒީވިލާ
  • އިދްރީސް ފައުޒީ، ފަހިވާގެ/ ލ. ކަލައިދޫ
  • އަލްއުސްތާޛު އަހުމަދު ޝާފިއު، އުދަރެސް/ ހއ. އިހަވަންދޫ
  • ޑރ. ހުސައިން ފާއިޒް، ދަފްތަރު ނަންބަރު 1325
  • އަލްއުސްތާޛު ހަސަން ވަހީދު، ރަންކޮކާގެ/ ހދ. ކުރިނބީ
  • އަލީ މުހައްމަދު މަނިކު، ދަފްތަރު ނަންބަރު ރސ 1851

ތަޅުމުގައި ނެގި ވޯޓުގައި ރައީސް މުއިއްޒުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެމަނިކުފާނުގެ ކޮއްކޯފުޅުގެ ކުރީގެ ފިރިކަލުން ފައުޒީއަށް ރުހުން ދިނުމަށް ވޯޓު ދެއްވީ 64 މެންބަރުންނެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ. ވަކި ގޮތަކަށް ވޯޓުދެއްވަން ބޭނުންނުވާ ކަމަށް ވޯޓުދެއްވީ ދެ މެންބަރުންނެވެ. އެއީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި، ކެޔޮދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ނިއުޝާދެވެ.

ޖޭއެސްސީގައި ޖުމްލަ 10 މެންބަރުން ތިއްބަވާއިރު އާންމުންގެ ތެރެއިން އިންނަވާ މެމްބަރު އެ މަގާމަށް އައްޔަންކުރާނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމުންނެވެ.

- ކޮމެންޓް