ކ. މާލެ
|
15 ޖުލައި 2025 | އަންގާރަ 11:58
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
އިސްރާއީލްގެ ސިފައިން މަރުވަމުން އަންނައިރު، ނަތަންޔާހޫ އަށް ޕްރެޝަރު ބޮޑުވަނީ
މީގެ އިތުރުން ނަތަންޔާހޫގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަލްޓްރާ އޯތޮޑޮކްސް ފެކްޝަން އިން ވަނީ އިސްތިއުފާ ދޭން ވެސް ނިންމާފައި. އެއީ އިސްރާއީލްގެ ކޮންސްކްރިޕްޝަން ޤާނޫނާ ގުޅިގެން އެތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި އެ ޤައުމުގެ އަސްކަރިއްޔާގެ ސިފައިން މަރުވަމުން އަންނައިރު، އެކަމުގެ ސަބަބުން އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަށް ޕްރެޝަރު ބޮޑުވަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި އެވެ. 

އިސްރާއީލްގެ އަސްކަރިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި އުތުރު ޣައްޒާގައި ހޯމަ ދުވަހު ވަނީ އެ އަަސްކަރިއްޔާގެ ސިފައިންގެ ތިން މީހަކު މަރުވެފަ އެވެ. މީގެ އިތުރުން އަސްކަރިއްޔާ އެހެން މީހަކަށް އަނިޔާވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. 

އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައި ވަނީ، ހަނގުރާމައިގައި އިސްރާއީލަށް މުޅިން ކާމިޔާބީ ލިބެންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ. 

އެހެން ނަމަވެސް، ހަނގުރާމައިގައި ރަހީނު ކޮށްފައިވާ އިސްރާއީލް ރައްޔިތުންގެ އާއިލާ ތަކާއި، ޝަހީދު ވަމުން އަންނަ ސިފައިންގެ އާއިލާތަކުން ވަނީ އެކަމަށް ފާޑު ކިޔައިފަ އެވެ. އެ އާއިލާތަކުން ބުނާ ގޮތުގައި މިހާރު ވަމުން އަންނަ ޤުރުބާނީ އަކީ ބޭކާރު ކަމެއް ކަމަަށެވެ. 

މީގެ އިތުރުން ނަތަންޔާހޫގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ފަރާތްތަކުން ބުނެފައި ވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އަތުވެއްޖެ ނަމަ، ސަރުކާރު ކޯލިޝަން އިން ވަކިވާނެ ކަމަށެވެ.

މީގެ އިތުރުން ނަތަންޔާހޫގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަލްޓްރާ އޯތޮޑޮކްސް ފެކްޝަން އިން ވަނީ އިސްތިއުފާ ދޭން ވެސް ނިންމައިފަ އެވެ. އެއީ އިސްރާއީލްގެ ކޮންސްކްރިޕްޝަން ޤާނޫނާ ގުޅިގެން އެތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާ ގުޅިގެންނެވެ. 

އެ ގައުމުގެ ބަންޑާރަ ނައިބު ނަތަންޔާހޫ އަށް އަންގަވާފައި ވަނީ ޑްރާފްޓުން އެއްކިބާވާ މީހުންނަށް އަދަބު ދިނުމަށް އޭނާގެ ސަރުކާރުން ގާނޫނު ތަންފީޒު ނުކުރާ ކަމަށެވެ. އޯތޮޑޮކްސް ޕާޓީ ތަކުން ބުނެފައި ވަނީ 48 ގަޑިއިރުގެ ތެރޭގައި މައްސަލަ ހައްލު ނުކޮށްފި ނަމަ ކޯލިޝަނުން ވަކިވާނެ ކަމަށެވެ.

މި ހުރިހާ ކަމެއްގެ ސަބަބުން ނެތަންޔާހޫގެ ސަރުކާރު ވަރަށް ބޮޑު ސިޔާސީ ހީނަރުކަމެއްގެ ތެރެއަށް ވެއްޓިފައިވާ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

- ކޮމެންޓް