Advertisement
ކ. މާލެ
|
15 ޖުލައި 2025 | އަންގާރަ 13:50
ނިލަންދޫ ދާއިރާގެ މެންބަރު ސައުދާގެ ކުރީގެ ފިރިކަލުން އިދްރީސް ފައުޒީ
ނިލަންދޫ ދާއިރާގެ މެންބަރު ސައުދާގެ ކުރީގެ ފިރިކަލުން އިދްރީސް ފައުޒީ
ރާއްޖެއެމްވީ
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖޭއެސްސީގައި އާންމުން ތަމްސީލްކުރާ މެންބަރަކަށް ލާން އުޅެނީ ސީދާ ރައީސް މުއިއްޒުގެ އަރިސް މީހެއްކަން ހާމަވެއްޖެ
މިކަން ހާމަވެފައިވަނީ، ޖޭއެސްސީއަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ހުޅުވާލި ފުރުސަތުގައި އެ މަޤާމަށް 8 ބޭފުޅަކު ކުރިމަތިލުމުން، ޖުޑިޝަރީ ކޮމިޓީން ޕޮއިންޓްދީ ޝޯޓްލިސްޓް ކުރި ގޮތުންނެވެ.
އޭރު ފައުޒީ ހުރީ ކަލައިދޫ ކައުންސިލްގެ ވަޒީފާއެއްގައެވެ. އަދި، އޭނާ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރަންކުރާނެކަން ޔާގީންވުމުން އަނެއްކާވެސް މާލެ ބަދަލުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީގައި އާންމުން ތަމްސީލްކުރާ މެންބަރުކަމަށް އައްޔަނުކުރަން އުޅެނީ އާންމުންގެ މީހެއް ނޫން ކަމަށާއި ސީދާ ރައީސް މުއިއްޒުގެ އަރިސް މީހެއްކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ، ޖޭއެސްސީއަށް ކުރިމަތިލުމަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ހުޅުވާލި ފުރުސަތުގައި އެ މަޤާމަށް 8 ބޭފުޅަކު ކުރިމަތިލުމުން، ޖުޑިޝަރީ ކޮމިޓީން ޕޮއިންޓްދީ ޝޯޓްލިސްޓް ކުރި ގޮތުންނެވެ.

އެ މަޤާމަށް ކުރިމަތިލެއްވި 8 ބޭފުޅުންގެ ތެރޭގައި، 2 ޤާނޫނީ ވަކީލުންނާ ޕީއެޗްޑީ ހައްދަވައިފައިވާ ބޭފުޅަކު ހިމެނުނު ނަމަވެސް، ކޮމިޓީން އެންމެ މަތިން މާކްސް ދީފައިވަނީ ނިލަންދޫ ދާއިރާގެ މެންބަރު ސައުދާގެ ކުރީގެ ފިރިކަލުން އިދްރީސް ފައުޒީ އަށެވެ. މެންބަރު ސައުދާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅެވެ.

އާދެ ދެން އަޅުގަނޑު ކުރިން ޑީޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި މަސައްކަތް ކުރިީ 2011 އިން 2014 އަށް، ދެން ޖުޑިސަލް ދާއިރާއަކީ އަޅުގަނޑު އިންޓްރެސްޓް ހުންނަ ދާއިރާއެއްވީމަ، ފްރެންޑެއްގެ ފަރާތުން މި އިއުލާން ފެނިގެން ދެން އެނާގެ ފަރާތުން މި މައުލޫމާތު ލިބުނީމަ އަޅުގަނޑުގެ އިންޓްރެސްޓް ހުންނާތީވެ މިމަގާމަށް ކުރިމަތިލީ،

ނިލަންދޫ ދާއިރާގެ މެންބަރު ސައުދާގެ ކުރީގެ ފިރިކަލުން އިދްރީސް ފައުޒީއާއި ޖުޑިޝިއަރީ ކޮމެޓީން ކުރި އިންޓަވިއު

އިދްރީސް ފައުޒީ ފުރަތަމަ ވަޒީފާ އަދާކުރީ ކަލައިދޫ ސްކޫލުގެ ޓީޗަރެއްގެ ގޮތުގަ އެވެ. އެހެންނަމަވެސް، ރައީސް މުއިއްޒު ހައުސިންގ މިނިސްޓަރުކަމާ ހަވާލުވުމަށްފަހު، އޭނާއަށް ހައުސިންގ މިނިސްޓްރީގެ މަގާމެއްދިނުމުން މާލެ ބަދަލުވިއެވެ.

މިހާރު ފައުޒީ ހުރީ ކަލައިދޫ ކައުންސިލްގެ ވަޒީފާއެއްގައެވެ. އަދި، އޭނާ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރަންކުރާނެކަން ޔާގީންވުމުން އަނެއްކާވެސް މާލެ ބަދަލުވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

މުއިއްޒު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރު މަނީ ލޯންޑަރ ކުރި ކަމުގެ ހެކިތައް، ޕޮލިސް އިންޓެލިޖެންސް ރިޕޯޓް އަދި އެމްއެމްއޭ ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓްތަކުން ހާމަވެފައިވާ އިރު، ބޭރުގެ އެއްވެސް ކުންފުންޏަކާ ވިޔަފާރީގެ ގުޅުމެއް ނެތް ނަމަވެސް ބޭރު ކުންފުނިތަކުން މުއިއްޒުގެ އެކައުންޓަށް ޑޮލަރު ޖަމާކުރަމުން ދިޔަކަން އެ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.

މުއިއްޒު މަނީ ލޯންޑަރ ކުރައްވަމުންދިޔައީ އޭނާގެ ކޮއްކޮ ސައުދާގެ އޭރުގެ ފިރިމީހާ އިދުރީސް ފައުޒީ މެދުވެރިކޮށް ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. މިގޮތުން، ފައިސާ މުއިއްޒުގެ އެކައުންޓަށް ޖަމާކުރުމަށް ބޭންކަށް ދަނީ ފައުޒީކަން ފާހަގަކޮށްފައިވެއެވެ.

- ކޮމެންޓް