Advertisement
ކ. މާލެ
|
14 ޖުލައި 2025 | ހޯމަ 19:47
ހުޅުމާލޭ ފޭސް--2ގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގެ މަންޒަރު - ފައިލް
ހުޅުމާލޭ ފޭސް--2ގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގެ މަންޒަރު - ފައިލް
ސޯޝަލް މީޑިއާ
އެކްސިޑެންޓް
ފުރަތަމަ 6 މަސް ދުވަހު 1101 އެކްސިޑެންޓް މާލެ ސަރަހައްދުގައި ހިނގާފައިވޭ
1،107 އުޅަނދަކަށް ގެއްލުންވެ 121 މީހަކަށް އަނިޔާވެފައިވޭ
61 މީހުންނަށް ސީރިއަސް އަނިޔާތަކެއް ވެފައިވޭ

ފުރަތަމަ 6 މަސް ދުވަހު 1101 އެކްސިޑެންޓް މާލެ ސަރަހައްދުގައި ހިނގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ހޯމަ ދުވަހު ފުލުހުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން 2025 ޖަނަވަރީ 1 އިން ޖޫން 30 އާ ދެމެދު، މާލެ ސިޓީ، ސިނަމާލެ ބްރިޖް އަދި ހައިވޭ ސަރަޙައްދުތަކުގައި ޖުމްލަ 1101 މަގުމަތީގެ އެކްސިޑެންޓް ރިޕޯޓްކޮށްފައިވެއެވެ. ފުލުހުން ބުނީ މި ހާދިސާތަކުގެ ތެރެއިން އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިންގާފައިވާ އެކްސިޑެންޓްތައް ކަމަށެވެ. އަދި ގިނަ ހާދިސާތައް ދުވާލުގެ ވަގުތުގައި ހިނގާފައިވާއިރު 6 އިންސައްތަ އެކްސިޑެންޓްގައި ބޮޑެތި އަނިޔާތައް ވެފައިވާ ކަމަށެވެ.

ފުރަތަމަ 6 މަސް ދުވަހުގެ ތެރެއިން އެންމެ ގިނައިން އެކްސިޑެންޓް ހިނގީ ފެބްރުއަރީ މަހުގައެވެ. އެއީ 215 އެކްސިޑެންޓެވެ. ދެން އެންމެ ގިނައިން އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މެއި މަހުއެވެ. އެއީ 207 އެކްސިޑެންޓެވެ.

ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނައިން އެކްސިޑެންޓް ވެފައިވަނީ ސައިކަލާއި ކާރު ޖެހިގެންނެވެ. އެއީ 295 އެކްސިޑެންޓެވެ. މީގެ އިތުރުން ސައިކަލާއި ސައިކަލާއި ޖެހިގެން 267 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެއެވެ. އަދި އެކްސިޑެންޓްވުމުން މަޑުނުކޮށް ފިލައިގެން ދިޔަ 91 ހާދިސާއަކާއި، ކާރާއި ކާރާއި އެކްސިޑެންޓް ވެގެން 89 އެކްސިޑެންޓް ރިޕޯޓްކޮށްފައިވެއެވެ.

މީގެ އިތުރުން ސައިކަލުން މީހެއްގެ ގައިގައި ޖެހިގެން 20 އެކްސިޑެންޓެއް ރިޕޯޓްކޮށްފައިވާ އިރު، ކާރުން މީހެއްގެ ގައިގައި ޖެހިގެން 6 އެކްސިޑެންޓެއް ރިޕޯޓްކޮށްފައިވެއެވެ.

މި އެކްސިޑެންޓުތަކުގައި 1،107 އުޅަނދަކަށް ގެއްލުންވެ 121 މީހަކަށް އަނިޔާވެފައިވެ އެވެ. އޭގެތެރެއިން 61 މީހަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވެއެވެ.

މި މުއްދަތުގައި ހިނގި އެކްސިޑެންޓުތަކުގެ 68 ޕަސެންޓު ހާދިސާ ހިނގާފައިވަނީ ދުވާލުގެ ވަގުތުގައެވެ. އެއީ 745 އެކްސިޑެންޓެވެ. ރޭގަނޑު ގަޑީގައި 356 އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެކްސިޑެންޓްތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބްރިޖާއި ހައިވޭގައި މި މުައްދަތުގެ ތެރޭގައި ހިނގާފައިވަނީ 190 އެކްސިޑެންޓެވެ. އަދި މާލެ ސިޓީގައި އެކަނިވެސް 911 އެކްސިޑެންޓް ހިނގާފައިވެއއެވެ.

- ކޮމެންޓް