Advertisement
ކ. މާލެ
|
14 ޖުލައި 2025 | ހޯމަ 15:35
ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު
ވައިކަރަދޫ ދާއިރާގެ މެމްބަރު ޙުސެއިން ޒިޔާދު
ރައްޔިތުންގެ މަޖިލިސް
ޓްރޭޑް މާރކް ބިލް
"ދިވެހިންގެ ރާއްޖޭގައި ދިވެހި ރުކަކަށް ޖާގަ އެއް ނެތް، ދިވެހި ފައިސާގެ އަގެއް ނެތް"
މަސައްކަތްތެރިންނަށް އެންމެ ބޮޑަށް ހައްގުވާ ކަމަކީ އުޖޫރަ ކަމަށް ވާއިރު މަސައްކަތްތެރިންނަށް ހައްގު އުޖޫރަ ނުލިބޭ މައްސަލަ އާއި މެދު އޭނާ ކަންބޮޑުވުން ފާޅުކުރެއްވި
މިއަދު ރާއްޖޭގައި އިންދަން ރަނގަޅީ ދިވެހި ރުއްތޯ ނުވަތަ ކަދުރު ރުއްތޯ ބަހުސްކުރަމުންދާ ކަމަށާއި އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ޒިޔާދު ވިދާޅުވި

ދިވެހިންގެ ރާއްޖޭގައި ދިވެހި ރުކަކަށް ޖާގަ އެއް ނެތް ކަމަށާއި ދިވެހި ފައިސާގެ އަގެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހޯމަ ދުވަހު މަޖިލީހުގައި ޓްރޭޑް މާރކް ބިލާއި މެދު ވާހަކަދައްކަވަމުންނެވެ.

މަޖިލީހުގައި ވާހަކަދައްކަވަމުން، ދިވެހިން ބާނާ މަހަށް ވެސް ދިވެހިންގެ ރާއްޖޭގައި އަގެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ އެންމެ ބޮޑު ޓްރޭޑް މާކަކީ ދިވެހި ރުއް ކަމަށް ޒިޔާދު ވިދާޅުވިއެވެ. އެހެންނަމަވެސް، މިއަދު ރާއްޖޭގައި އިންދަން ރަނގަޅީ ދިވެހި ރުއްތޯ ނުވަތަ ކަދުރު ދުއްތޯ ބަހުސްކުރަމުންދާ ކަމަށާއި އެއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ޒިޔާދު ވިދާޅުވިއެވެ.

"ދިވެހިންގެ ރާއްޖޭގައި ދިވެހި ރުކަކަށް ޖާގަ އެއް ނެތް، ދިވެހި ފައިސާގެ އަގެއް ނެތް. ދިވެހިންގެ ބެންކަކަށް އިތުބާރެއް ނެތް. ދިވެހި މަސްދަޅަށް އޯޑަރެއް ނެތް. ދިވެހިން ބާނާ ކަންނެއްޔަށް އަގެއް ނެތް. މި ހުރިހާ ކަމެއް ހަދާ އިރު އެބަ ޖެހޭ ހައްގުތައް ހޯދެން." ޒިޔާދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި އަދަބިއްޔާތު މިނިސްޓްރީން ހާސިލްވީ ކޮންކަމެއްތޯ ވެސް އޭނާ ވަނީ ސުވާލުކުރައްވާފައެވެ. ހަމައެކަނި ވުޒާރާ އެއް ހަދައިގެން ކަންކަން ހާސިލް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މަސައްކަތްތެރިންނަށް އެންމެ ބޮޑަށް ހައްގުވާ ކަމަކީ އުޖޫރަ ކަމަށް ވާއިރު މަސައްކަތްތެރިންނަށް ހައްގު އުޖޫރަ ނުލިބޭ މައްސަލަ އާއި މެދު އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ސަރުކާރުން ބުނީ ރޭޑްމާކުގެ ބިލް ހުށަހެޅީ ރާއްޖޭގެ ޓްރޭޑްމާކާއި ގުޅުންހުރި ހައްޤުތައް ރަޖިސްޓްރީކޮށް ރައްކާތެރިކުރުމުގެ ޤާނޫނީ އޮނިގަނޑެއް ޤާއިމްކުރުމަށް ކަމަށެވެ.

- ކޮމެންޓް