Advertisement
ކ. މާލެ
|
14 ޖުލައި 2025 | ހޯމަ 00:27
އަލްސަން އާއި 16 އަހަރުގެ ކުއްޖާ ދުއްވި ސައިކަލް އެކްސިޑެންޓުވެ ބޮޑެތި ގެއްލުންތަކެއްވެފައި
އަލްސަން އާއި 16 އަހަރުގެ ކުއްޖާ ދުއްވި ސައިކަލް އެކްސިޑެންޓުވެ ބޮޑެތި ގެއްލުންތަކެއްވެފައި
ރާއްޖެއެމްވީ
މަރިޔަމް އާޝްފާ
އަޝްފާ އާއި ތޭރަވާ އަށް ރައީސް ޞާލިހު ތައުޒިޔާ ވިދާޅުވެއްޖެ
މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް ހުރިހާ ފަރާތްތަކަކުން ވެސް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރެއްވި
މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އާއްމުކަމަށްވެފައި ވާއިރު އެކަމުގެ ގެއްލުންތަކާއި އަނިޔާތަކަކީ އެތައް ބަޔަކަށް ވޭނާއި ހިތާމަތައް ލިބޭކަމެއް

މަޝްހޫރު ދެ ލަވަކިޔުންތެރިންކަމުގައިވާ މަރިޔަމް އަޝްފާއާއި މުޙައްމަދު ޢަބްދުލްޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅު ޔޫސުފް އަލްސަން މުހައްމަދު ނިޔާވުމާއި ގުޅިގެން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެރޭ 8:15 ހާއިރު މާފަންނު ބަސް ޓާމިނަލް ކުރިމަތީގައި އޮންނަ ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހެއްގެ ގައިގައި ޖެހި އަލްސަން އާއި އިތުރު މީހަކު ދުއްވަން އިން ސައިކަލު ކޮންޓްރޯލް ނުވެ ކުރިމަތިން އައި ޕިކަޕެއްގައި ޖެހިގެން ހިނގި އެކްސިޑެންޓުގައި އިތުރު ފަރުވާ ދެމުން ދަނިކޮށް އަލްސަން ނިޔާވީ އައިޖީއެމްއެޗްގައެވެ.

ރައީސް ޞާލިހު ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ މަޝްހޫރު ދެ ފަންނާނުން ކަމަށްވާ މުޙައްމަދު ޢަބްދުލްޣަނީ (ތޭރަވާ) އާއި މަރިޔަމް އަޝްފާގެ ދަރިކަލުން ޔޫސުފް އަލްސަން މުޙައްމަދު އާދީއްތަ ދުވަހުގެރޭ ހިނގާދިޔަ ހިތާމަވެރި އެކްސިޑެންޓެއްގައި ނިޔާވުމުގެ ހިތާމައިގައި ބައިވެރިވެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ. އަދި މާތް ﷲ މަރްޙޫމުގެ ފުރާނައަށް ރަޙުމަތްލައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޣާ ދަންނަވާފައިވެއެވެ. އަދި މި ޙާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާ މިފުރުސަތުގައި މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމަށް ހުރިހާ ފަރާތްތަކަކުން ވެސް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރެއްވިއެވެ.

އެކްސިޑެންޓުގައި އަލްސަންގެ އިތުރުން އަނިޔާވެފައިވަނީ 16 އަހަރުގެ ކުއްޖަކަށާއި 40 އަހަރުގެ މީހަކަށެވެ.

ރައީސް ޞާލިހުގެ އިތުރުން ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާދީއްތަ ދުވަހުގެރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އުމުރުން 17 އަހަރުގެ ކުއްޖަކު ނިޔާވި ޚަބަރު އެހީ ފުން ހިތާމަޔާއެކު ކަމަށެވެ. އަދި މިހިތާމައިގައި ބައިވެރިވެ ކުއްޖާގެ އާއިލާއަށް ތައުޒިޔާ ފޮނުވާ ކަމަށެވެ. އަދި މަރްހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުމަށާއި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއެއް މިންވަރު ކުރެއްވުން އެދި ދުޢާކުރާ ކަމަށް ވިދާޅުވިއެވެ.

ނައިބްރައީސް ފައިސަލް ވިދާޅުވީ މަގުމަތީގެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން އާއްމުކަމަށްވެފައި ވާއިރު އެކަމުގެ ގެއްލުންތަކާއި އަނިޔާތަކަކީ އެތައް ބަޔަކަށް ވޭނާއި ހިތާމަތައް ލިބޭ ކަމަކަށް ވީހިނދު މިއީ މިހާރު ހައްލު ކުރުމަށް އެންމެ އިސްކަންދޭންޖެހޭ އެއްކަންތައް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.

- ކޮމެންޓް