ހުޅުމާލެ ފޭސް 1ގައި ހުންނަ ފްލެޓް 94ގައި އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ.
މީސްމީޑިއާ އިން ފެންނަ މަންޒަރުތަކުން އެ ފްލެޓްގައި ވަރަށް ބޮޑަށް ރޯވެފައިވާ މަންޒަރު ފެނެއެވެ. އެމްއެންޑީއެފުން ވަނީ އާދިއްތަ ދުވަހު އަލިފާންގަނޑު ކޮންޓްރޯލްވެފައިވާ ކަމަށް 11:06 ހާއިރު ހާމަކޮށްފައެވެ. މިއިީ ޗައިނާ ޓައުން ޕާރކް ކައިރީ ހުރި އެޕާޓްމެންޓެކެވެ.
އަޕްޑޭޓް: އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގާފައި ވަނީ ހުޅުމާލޭގެ 94 ވަނަ ފްލެޓްގެ 2 ވަނަ ފަންގި ފިލާގައި ކަމަށެވެ. އަދި ދެ އެޕާޓްމެންޓެއްގައި އެ ހާދިސާ ހިނގި ކަމަށް ބުނެފައިވެއެވެ. އެތަނުގައި 11 ބިދޭސީން ދިރިއުޅުނު ކަމަށް ވެސް ބުނެފައިވެއެވެ.
އެ އެޕާޓްމެންޓަށް ދުމުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އަދި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.