Advertisement
ކ. މާލެ
|
29 އޯގަސްޓް 2017 | އަންގާރަ 13:04
ހޮޅުދޫ އިންޖީނުގެ
ހޮޅުދޫ އިންޖީނުގެ
ރާއްޖެ އެމްވީ
ހޮޅުދޫ ކަރަންޓްގެ މައްސަލަ
ހޮޅުދޫ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް މިއަދު ލިބޭނެ: ފެނަކަ
އިންޖީނު މަރާމާތު ކުރުމުގެ މަސައްކަތްދަނީ ކުރަމުން
f

ނ. ހޮޅުދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް އަންގާރަ ދުވަހުގެ އިރުއޮއްސުމުގެ ކުރިން ލިބިގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

އެގޮތުން މަސައްކަތައް ބޭނުންވާ ހުރިހާ ތަކެއްޗެއް މިހާރުވާނީ ފޯރުކޮށްދީފައި ކަމަށާއި ކަރަންޓްގެ ހިދުމަތް މިހާރުވެސް ލިބޭނެ ކަމަށާއި އެމަސައްކަތް ކުރަމުން ގެންދާ ވަގުތުތަކުގައި ކަރަންޓް ކެނޑުނު ނަމަވެސް އެއީ ކުޑަ ވަގުތު ކޮޅަކަށް ކަމަށް ފެނަކައިން ބުންޏެވެ. އެހެންކަމުން ދާއިމީ ހައްލެއް މިއަދު ލިބޭނެ ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެރަށުގައި ކަރަންޓްގެ ހިދުމަތް ދެމުން އަންނަ 300 ކިލޯވޮޓުގެ ޖަނެރޭޓަރަށް މައްސަލައެއް ދިމާވި ނަމަވެސް މިވަގުތުވެސް 250 އަދި 120 ކިލޯވޮޓްގެ ޖަނެރޭޓަރުން އަންނަނީ ކަރަންޓްގެ ޙިދުމަތް ދެމުންނެވެ.

ކަރަންޓްގެ ހާލަތު އާންމު ހާލަތަކަށް ގެނެވެންދެން މަތީ ލޯޑު ނަގާ އިލެކްޓްރޯނިކް އާލާތްތައް ވީހާވެސް މަދުން ބޭނުން ކުރުމަށާއި ކަރަންޓް ބޭނުންކުރަމުންދާ މިންވަރު ވީހާވެސް މަދު ކުރުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ.

- ކޮމެންޓް