ހުޅުމާލެ ފޭސް 1ގައި ހުންނަ އެންސިސްގެ ގުދަނުގައި ރޯވެ، އަލިފާނުގެ ހާދިސާ އެއް ހިނގައިފިއެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެމްއެންޑީއެފް) އިން ބުނީ އަލިފާންގަނޑުގެ 95 އިންސައްތަ ކޮންޓްރޯލްވެފައިވާ ކަމަށެއެވެ. އަދި ރޯވެފައި ހުރި ތަނުގައި ހުރީ ޕެލެޓް ފަދަ ތަކެތި ކަމަށެވެ.
އަދި މިވަގުތު ދުމުގެ ނުރައްކަލެއް ނެތް ކަމަށާއި އަލިފާންގަނޑު ފެތުރުމުގެ ފުރުސަތެއް ނެތް ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
މިހާދިސާގެ މައުލޫމާތު ލިބުނީ 18:48 ހާއިރު ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ފޭސް 1، އިންޑަސްޓްރިއަލް ޒޯންގައި ހުރި ގުދަނެއްގައި އަލިފާން ރޯވުމާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.
އަދި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެއެވެ.