ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންނާއި ގުޅޭގޮތުން އެމްޑީޕީގެ އެއްވުމެއްގައި ދެއްކި ވާހަކަތަކުގެ މައްސަލައެއް ރާއްޖެޓީވީ އިން ބްރޯޑްކާސްޓްކޮށްފައިވާތީ އެކަމަށް ޖަވާބުދާރީވުމަށް ރާއްޖެޓީވީ އަށް އަންގައިފިއެވެ.
ރާއްޖެޓީވީ އަށް ޖަވާބުދާރީ ވާން އަންގާފައި ވަނީ 9 ޖުލައިގައި ރާއްޖެޓީވީ އަށް ފޮނުވާފައިވާ ސިޓީއެއްގައެވެ.
އެ ސިޓީގައި ބުނެފައި ވަނީ ރާއްޖެޓީވީ އިން މާރޗް 14 2025 ގައި ބްރޯޑްކާސްޓް ކުރި އެމްޑީޕީ ސިޔާސީ އެއްވުމުގައި ރައީސްގެ ދަރިކަލުންނަށް ނިސްބަތްކޮށް ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާޢި ޚިލާފު ވާހަކަތަކެއް ދައްކާފައިވާ ކަމަށެވެ. އެ ކަމާއި ގުޅޭ މައްސަލަ އެއް ބެލުމަށް އެ ކޮމިޝަނުން ނިންމާފައި ވަނީ ޖޫން 22، 2025ގައި ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ (1) "މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑި ދާ ފަދަ އިއްޒަތާއި ޤަދަރަށް އުނިކަމެއް އަތުވެދާ ފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަތަރު ވަނަ ހަމައިގެ (ދ) ގައި ބަޔާންކުރާ ކުޑަކުދިންގެ ކަރާމާތާއި ހައްގުތައް ރައްކާތެރިވާގޮތަށް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.
ހަމައެހެންމެ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ކޮންޑަކްޓްގައި ބުނާ ކުޑަކުދިން ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގައިޑްލައިންގެ ހަތަރު ވަނަ ހަމައިގެ، އެއްވެސް ސިޔާސީ މަގްސަދެއް ހާސިލްކުރުމަށް ކުޑަކުރިން ބޭނުން ނުކުރުމާއި ޚިލާފުވާ ކަމަށް ފާހަގަކުރެވޭ ކަމަށް ބްރޯޑްކޮމް އިން ވަނީ ބުނެފައެވެ.
އެކަމާއި ގުޅިގެން ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމްގެ 8 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ލިޔުމުން ޖަވާބުދާރީ ވުމަށް ރާއްޖެޓީވީ އަށް އެ ކޮމިޝަނުން ވަނީ ފުރުސަތު ދީފައެވެ. އެ ފުރުސަތު ދީފައި ވަނީ 23 ޖުލައި 2025ވާ ބުދަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ދަރިކަލުން ކަރާމާތް ގެއްލޭ ފަދަ ވާހަކަ އެއް ބްރޯޑްކާސްޓް ކުރި ކަމަށް ބުނެ، ރާއްޖެޓީވީ އާއި ގުޅުން ހުރި މައްސަލަ އެއް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ މީގެ ކުރިން ވެސް ވަނީ ބަލާފައެވެ. އެ މައްސަލަ ބަލާފައި ވަނީ މާރޗް މަހުގެ ތެރޭގައެވެ.
އޭރު ހުށަހެޅި މައްސަލަ އަކީ ވެސް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި ޚިލާފު ކޮންޓެންޓްތައް އެމްޑީޕީގެ މުޒާހަރާގެ ތެރެއިން ދައްކާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެކެވެ. އެ ގޮތުން ކޮންޓެންޓަކީ މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާފަދަ އިއްޒަތާއި ގަދަރަށް އުނިކަން ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ބަސްތަކާއި މަންޒަރާއި އަޑު ބްރޯޑްކާސްޓް ނުކުރުމުގެ ހަމަ އާއި، ކުޑަކުދިންގެ ކަރާމާތާއި ހައްގުތަކަށް ރައްކާތެރިވާ ގޮތަށް ބްރޯޑްކާސްޓްކުރުން އަދި ބްރޯޑްކާސްޓްކުރުމުގައި ކުޑަކުދިން ހިމާޔަތް ކުރުމަށް އަމަލު ކުރަންވީ ގައިޑްލައިންގެ ހަތަރު ވަނަ ހަމައިގެ (ނ) އާއި ޚިލާފު ކޮންޓެންޓެއް ކަމަށް އެ ކޮމިޝަނުން އޭރު ވަނީ ބުނެފައެވެ.