Advertisement
ކ. މާލެ
|
10 ޖުލައި 2025 | ބުރާސްފަތި 17:35
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަދި މިހާރުގެ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު - ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރާ 4000 ފްލެޓްގެ މައްސަލަ ބޮޑުވެ, އަދިވެސް ފްލެޓް ހަވާލު ކުރެވޭ ގޮތެއް ނުވޭ
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ އަލީ ހައިދަރު އަދި މިހާރުގެ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބު - ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެއިން ދޫކުރާ 4000 ފްލެޓްގެ މައްސަލަ ބޮޑުވެ, އަދިވެސް ފްލެޓް ހަވާލު ކުރެވޭ ގޮތެއް ނުވޭ
ރާއްޖެއެމްވީ ގްރެފިކްސް
ގެދޮރުވެރިޔާ ސްކީމް
ސިވިލް ސާރވިސްގެ ވަޒީފާ އެއްގައި ދުވަހަކު ނޫޅޭ މީހަކު، އެތަނުގެ ރެކޯޑްތަކުގެ މައްޗަށް ކަމަށް ބުނެ ފްލެޓް ކަޓުވާލައިފި
ސިވިލް ސަރިވިސްގެ ވަޒީފާ އެއްގައި އެމީހާ ދުވަހަކު ވެސް އުޅެފައި ނުވާ ކަމަށް އެ ކޮމިޝަނުން ބުނޭ
ނިކަމެތިން އަތުން ނުހައްގުން ފްލެޓް އަތުލަނީ އެ ފްލެޓްތައް ބޭނުން ކޮށްގެން ނާޖާއިޒް ފައިދާ ނަގަން
ފްލެޓް ދޭނެ ކަމަށް ބުނެ ހައުސިންގ މިނިސްޓްރީގެ ބަޔަކު ފައިސާ ހޯދަން އެކި ފަރާތްތަކަށް ދަނީ ގުޅަމުން

ސިވިލްސަރވިސްގެ އެއްވެސް ވަޒީފާއެއް ދުވަހަކުވެސް އަދާކޮށްފައި ނުވާ މީހަކު، އެ ކޮމިޝަންގެ ރެކޯޑް ތަކުގެ މައްޗަށް ބިނާ ކޮށްގެން ކަމަށް ބުނެ، މާލޭގައި 15 އަހަރު ދިރިއުޅެފައިވާ ފަރާތެއް ނޫން ކަމަށް ކަނޑައަޅާ އޭނާ އަށް ކުރީ ސަރުކާރުން ދިން ފްލެޓް އަތުލައިފިއެވެ.

ފަހި ޔޫނިއަން އިން މިކަމާ ބެހޭ ގޮތުން ބުރާސްފަތިި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ތ.އަތޮޅުގެ ރަށެއްގެ ސްކޫލެއްގައި އޮގަސްޓް 2012 އިން 2017 އަށް ވަޒީފާ އަދާކޮށްފައިވާ ކަމަށް ބުނެ، އަދި ޕެންޝަން އޮފީހުގެ ރެކޯޑްތަކުން ދައްކާ ކަމަށް ބުނެ، 25 ޖޫން 2025 ވަނަ ދުވަހު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ފޮނުވި ސިޓީގައި ބުނެފައި ވަނީ އޭނާ އަކީ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ ފަރާތެއްކަން ސާބިތު ކޮށްދެވިފައި ނުވާތީވެ، ފްލެޓް ލިބުމަށް ޝަރުތު ފުރިހަމަ ނުވާ ފަރާތެއް ކަމަށް ކަނޑައަޅާފައިވާ ކަމުގައެވެ.

މިމައްސަލަ އާ ގުޅިގެން ސިވިލްސަރވިސް ކޮމިޝަނަށް ހުށަހެޅި ސިޓީގެ ޖަވާބުގައި އެކޮމިޝަނުން ބުނެފައި ވަނީ އެ މީހާއަކީ ދުވަހަކު ވެސް ސިވިލް ސަރވިސް ގެ އެއްވެސް މަޤާމެއްގައި އުޅެފައިވާ މީހެއް ކަމަށް އެކޮމިޝަނުގެ ރިކޯޑްތަކުން ނުދައްކާ ކަމަށެވެ. އަދި ޕެންޝަން އޮފީހުން މަޢުލޫމާތު ހޯދުމަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ އޮފީހުން ބުނެފައި ވަނީ އެމީހާގެ ނަމުގައި އޮގަސްޓް 2012 އިން 2017 އަށް ޕެންޝަން ސްކީމަށް އެއްވެސް ފައިސާ އެއް ޖަމާކޮށްފައި ނުވާ ކަމަށެވެ.

"ދައުލަތުގެ މިނިސްޓްރީ އަކުން މިވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލައި ކަމުގެ ޙަޤީގަތާއި ކަނޑައެޅިގެން ޚިލާފް ކަންތައްތަކެއް ފެންމަތިކޮށް، ފުލެޓް ލިބިފައިވާ ނިކަމެތި އެތައްބައެއްގެ އަތުން ނުޙައްޤުން ފުލެޓް އަތުލުމަށް މަސައްކަތް ކުރަމުންދިއުމުގެ ބޭނުމެއް ކަމަށް އަޅުގަނޑުމެންނަށް ބެލެވެނީ ނިކަމެތި އެތަކެއް ރައްޔިތުންގެ އަތުން ފުލެޓްތައް އަތުލައި އެފުލެޓްތައް ބޭނުން ކޮށްގެން ނާޖާއިޒް މާލީ މަންފާއެއް ހޯދުމެވެ." ބަޔާނުގައި ވެއެވެ.

އެ ޔޫނިއަން އިން ބުނެފައި ވަނީ އެ ޔޫނިއަން އަށް އެކިފަރާތްތަކުން މަޢުލޫމާތު ފޯރުކޮށްދެމުންދާ ގޮތުގައި ފުލެޓް ދޭނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ނާޖާއިޒް ގޮތުގައި ފައިސާ ހޯދުމަށް ހައުސިންގ މިނިސްޓްރީ އަށް ނިސްބަތްވާ ބަޔަކު ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ކަނޑައެޅިގެން ދޮގުހަދާ އޮޅުވާލައިގެން ނުޙައްޤުން އެތައް ބައެއްގެ ފުލެޓް އަތުލުމަށް މަސައްކަތް ކުރުމާއި، އަދި ނާޖާއިޒް މަންފާތަކެއް ހޯދުމަށް ކުރަމުން ގެންދާ ޙީލަތްތެރި މަސައްކަތް ފަހިޔޫނިއަންގެ ފަރާތުން ވަނީ ކުށްވެރި ކޮށްފައެވެ.

- ކޮމެންޓް