ކ. މާލެ
|
29 އޯގަސްޓް 2017 | އަންގާރަ 11:56
ކާޖޮލް
ކާޖޮލް
ގޫގުލް
ކާޖޮލް
ކާޖޮލްގެ ފިލްމީހަޔާތަށް 25 އަހަރު
އަޖޭދޭވްގަންއާއި އޭނާ ކައިވެނި ކޮށްފައިވަނީ 1999 ވަނަ އަހަރުގައި

ކާޖޮލް އުފަންވެފައިވަނީ 5 އޮގަސްޓް 1974 ވަނަ އަހަރުގައި އިންޑިއާގެ މުމްބާއީގައެވެ. އޭނާ ކައިވެނިކޮށްގެން އުޅެނީ ބޮލީވުޑްގެ ތަރި އަޖޭ ދޭވްގަންއާއެވެ.

 ކާޖޮލް އަކީތަންޖޫ އާއި ފިލްމު ހަދާ މީހެއްކަމަށްވާ ޝޯމޫ މުކްރަޖީގެ ފުރަތަމަ ދަރިފުޅެވެ.ކާޖޮލްގެ މަންމަ ތަނޫޖާއަކީ 50 ގެ އަހަރުތަކުގެ މަޝްހޫރު ފިލްމީ ތަރިއެކެވެ. އަދި ކާޖޮލްގެ ބައްޕައަކީ ލިޔުންތެރިއެއް، ޕްރޮޑިއުސަރެއް އަދި ޑައިރެކްޓަރެކެވެ. ކާޖޮލްއަކީ އިންޑިއާގެ އެންމެ އަގުބޮޑުކޮށް ފިލްމު ކުޅޭ ތަރިންގެ ތެރޭގައި ހިމެނޭ އެއް އެކްޓްރެސްއެވެ. އޭނާ އިންޑިއާގެ ފިލްމީ ދުނިޔެއާއި ގުޅިފައިވަނީ 1992 ވަނަ އަހަރުގައެވެ. އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ އޭނާގެ މަންމައާއި އެކު ކުޅުނު ފިލްމު ކަމަށްވާ "ބޭޚުދީ" އެވެ. އޭނާ އެންމެ ފުރަތަމަ ބޮޑު ރޯލަކުން ފެނުނީ ފިލްމު "ބާޒީގަރު" އިންނެވެ. އެއަށްފަހު 1994 ވަނަ އަހަތު ކާޖޮލްވަނީ "ޔޭ ދިލްލަގީ" ކުޅެފައެވެ. އޭނާ ކުޅުނު ފިލްމު ތަކުގެ ތެރޭގައި "ޕްޔާރު ތޯ ހޯނާ ހިތާ"(1998) ، ކުޗްކުޗްހޯތާހޭ(1998)، "ކަބީ ޚުށީ ކަބީގަމް"(2001)، "ފަނާ"(2006). އަދި "ދިވާލޭ"(2015) ހިމެނެއެވެ.

ކާޖޮލްވަނީ ފިލްމު ކުޅުމުގެ އިތުރުން ޒީ ޓީވީ އިން ގެނެސްދޭ ރިއަލިޓީ ޝޯއެއްކަމަށްވާ "ރޮކްއެންޑް ރޯލް ފެމެލީ" ގައި ޖަޖްކަން ވެސް ކޮށްފައެވެ.

އަޖޭދޭވްގަންއާއި އޭނާ ކައިވެނި ކޮށްފައިވަނީ 1999 ވަނަ އަހަރުގައެވެ.އެކައިވެންޏަށް މިހާރުވަނީ 2 ދަރިން ލިބިފައެވެ.

ކާޖޮލްއާއި އަޖޭވެސް ވަނީ އެކުގައި ފިލްމުތައް ކުޅެފައެވެ.

އެ މީހުން އެކުގައި ކުޅުނު ފުރަތަމަ ފިލްމަކީ 1995 ގައި ނުކުތް "ގުންޑާރާޖް" އެވެ. އަދި ހަމަ އެއަހަރުގައި ނިކުތް  "ހަލްޗަލް" އެދެމީހުން ވަނީކުޅެފައެވެ.  އޭގެ ފަހުން "އިޝްގް"، "ޕިޔާރް ތޯ ހޯނާ ހިތާ" "ދިލް ކިޔާ ކަރޭ"، "ރާޖޫ ޗާޗާ"، "ޔޫ މީ އައުރު ހަމް" އަދި "ޓޫންޕޫރް ކާ ސުޕަ ހީރޯ" އެދެމަފިރިން އެކީގައި ވަނީ ކުޅެފައެވެ.

ކާޖޮލްގެ 25 އަހަރު ވީ ފިލްމީ ހަޔާތުގައި އޭނާ ވަނީ ބޮޑު ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެތަކެއް ފިލްމީ އެވޯޑްތައްވެސް އޭނާއަށް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ފިލްމް ފެއާ އެވޯޑްސްގައި އެންމެ ބެސްޓް އެކްޓްރެސް އަކަށް އޭނާ ވަނީ 2001 ވަނައަހަރު ލިބިފައެވެ.

- ކޮމެންޓް