Advertisement
ކ. މާލެ
|
7 ޖުލައި 2025 | ހޯމަ 11:31
ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް
ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް
ރައްޔިތުންގެ މަޖިލިސް
މަޖިލިސް 20
ރާއްޖޭގެ އިންސާފު ލިބެނީ ފެމުނުތަކަށް، ބޮޑެތި ބާރުގަދަ ފަރާތްތަކަށް - އަމީން
އަބްދުﷲ ގާޒީ ހިމާޔަތްކޮށްގެން ވެރިކަމަށް ބަޔަކު އައުމުން ކަންކަން ހިނގާ ދިޔަ ގޮތް ދިވެހިން ހަނދާން ހުންނާނެ ކަމަށް އޭނާ ވިދާޅުވި
ފަނޑިޔާރު ގެއިން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރު ކުރި ވެރިކަމެއް ވެސް ދިވެހިން ދެކެފައިވާ ކަމަށް އޭނާ ވިދާޅުވި
f

ރާއްޖޭގެ އިންސާފު ލިބެނީ ބޮޑެތި ބާރުގަދަ ފަރާތްތަކާއި، "ފެމުނުތަކަށް" ކަމަށް ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ރާއްޖޭގައި އިންސާފަކީ ހުރިހާ އެންމެންނަށް ލިބޭ އެއްޗެއް ނޫން ކަމަށް ފާހަގަކުރައްވާ އަމީން ވަނީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ފަނޑިޔާރުންގެ މުސާރަ ބޮޑުކުރީ ނަޒާހަތްތެރިކުރަން ކަމަށާއި އެހެންނަމަވެސް އެކަން އެހެން ނުހިނގާ ކަަމަށް އޭނާ ވިދާޅުވިއެވެ.

އަދުލު އިންސާފުގެ ވާހަކަ ނެތް ދެއްކޭކަށް. ރައީސް ވެސް ވިދާޅުވި މިއަދުން ފެށިގެން ފަނޑިޔާރުގެ އަށް އަތް ބޭނުން ނިމުނީ އޭ. އެހެންނަމަވެސް ފަަނޑިޔާރުގެ އަށް އެންމެ ބޮޑަށް އަތް ބާނާ ވެރިކަން މި ފެނިގެންދަނީ. އޭރު ވިދާޅުވި ރައީސް ޔާމީނަށް ހުކުމް ކުރި މީހާ ނަގާ އެއްލާލާނަމޭ. އެއީ ވަކި ކަމަކަށް ފެންބޮވައިގަތީމަ ދައްކާ ވާހަކަ.

ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް

މީގެ އިތުރުން އަމީން ވަނީ ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ ގާޒީ އަކީ "ހީރޯ" އެއް ކަމަށް ދައްކަން މަސައްކަތް ކުރާތީ އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ. ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަދި ކުރީގެ ފެމެލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) މެދުވެރިކޮށް އުސޫލާއި ޚިލާފަށް ކަންކަން ކުރުވާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އަބްދުﷲ ގާޒީ ހައްޔަރުކުރުން ވެގެންދިޔައީ އޭރު އިދިކޮޅުގައި ތިބި ފަރާްތަކަށްވީ ނަސީބަކަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭގެ ފަހުން އަބްދުﷲ ގާޒީ ހިމާޔަތްކޮށްގެން ވެރިކަމަށް ބަޔަކު އައުމުން ކަންކަން ހިނގާ ދިޔަ ގޮތް ދިވެހިން ހަނދާން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ ފަނޑިޔާރު ގެއިން ޓިނު ނަގައިގެން ފަނޑިޔާރުން ހައްޔަރު ކުރި ވެރިކަމެއް ވެސް ދިވެހިން ދެކެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ހިމާޔަތްކޮށް ވާހަކަ ދެއްކި މީހުން މިއަދުވެސް މަޖިލީހުގައި އެބަތިބި ކަމަށް އަމީން ފާހަގަކުރެއްވިއެވެ.

- ކޮމެންޓް