Advertisement
ކ. މާލެ
|
5 ޖުލައި 2025 | ހޮނިހިރު 09:14
ގައުމީ އެއާރލައިން މޯލްޑިވިއަންގެ ފްލައިޓެއް: އާދިއްތަ ދުވަހުން ފެށިގެން ޕަވަރބެންކް ގެންދިއުން މަނާވާނެ ކަމަށް އެ ކުންފުނިން ބުނޭ
ގައުމީ އެއާރލައިން މޯލްޑިވިއަންގެ ފްލައިޓެއް: އާދިއްތަ ދުވަހުން ފެށިގެން ޕަވަރބެންކް ގެންދިއުން މަނާވާނެ ކަމަށް އެ ކުންފުނިން ބުނޭ
މޯލްޑިވިއަން
މޯލްޑިވިއަން
އާދިއްތަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވަރ ބޭންކް ބޭނުންކުރުން މަނާ
މިއީ އައިކާއޯ، އަޔާޓާ އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވުމަށް އަޅާ ފިޔަވަޅެއް
f

މޯލްޑިވިއަންގެ އެތެރޭގެއާއި ބައިނަލްއަގްވާމީ އުދުހުންތަކުގައި، ފްލައިޓުމަތީ ޕަވާ ބޭންކު ބޭނުންކުރުން، އަންނަ އާދިއްތަ ދުވަހުން ފެށިގެން މަނާވާނެ ކަމަށް އައިލޭންޑް އޭވިއޭޝަނުން ބުނެފިއެވެ.

މޯލްޑިވިއަން އޮޕަރޭޓުކުރާ އައިލޭންޑް އޭވިއޭޝަނުން ނެރުނު ބަޔާނުގައި ބުނީ ޕަވާ ބޭންކުތައް އުފުލުމުގައި ހުރި ސަލާމަތީ ކަންބޮޑުވުންތަކުގެ ސަބަބުން، މޯލްޑިވއަންގެ ހުރިހާ މަތިންދާ ބޯޓުތަކެއްގައި ވެސް ޕަވާ ބޭންކު ބޭނުންކުރުން އާދިއްތަ ދުވަހުން ފެށިގެން މަނާވާނެ ކަމަށެވެ.

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަނުން ބުނީ މިއީ އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށެވެ.

މޯލްޑިވިއަނުން ބުނީ ކޮންމެ ފަސިންޖަރަކަށް ވެސް ގިނަވެގެން ގެންދެވޭނީ ދެ ޕަވާ ބޭންކު ކަމަށާއި، ބޯޓަށް އަރުވަން ހުއްދަ ދޭނީ ޕަވާ ބޭންކަކީ 100Wh ވުރެ މަތި ނޫން ކެޕޭސިޓީއެއްގެ ޕަވާ ބޭންކަކަށް ވާނަމަ ކަމަށެވެ.

މޯލްޑިވިއަނުން ވަނީ ޕަވާބޭންކު ބޯޓުގައި ބަހައްޓަންވީ ތަންތަނާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައެވެ. އެގޮތުން ޕަވާބޭންކު ހުންނަންވާނީ މަތިންދާބޯޓުގެ ތެރޭގައި، އަމިއްލަ ހަށިގަނޑުގައި، ނުވަތަ ގޮނޑީގެ ޖީބުގައި، ނުވަތަ ގޮނޑީގެ ދަށުގައި ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ގޮނޑީގެ މަތީގައި ހުންނަ ރެކުތަކުގައި ބެހެއްޓުން މުޅިން މަނާ ވާނެ ކަމަށާއި، ޗެކްކުރާ ދަބަހުގައި ގެންދިއުން ވެސް މުޅިން މަނާވާނެ ކަމަށް ބުންޏެވެ.

މަތިންދާބޯޓުގައި ދަތުރުކުރަމުންދާއިރު، ޕަވާ ބޭންކު ބޭނުންކޮށްގެން އެއްވެސް ވަސީލަތެއް ޗާޖުކުރުން ނުވަތަ ޕަވާ ބޭންކު ޗާޖުކުރުން ވެސް މަނާވާނެއެވެ.

ޕަވާ ބޭންކުތައް ޝޯޓް ސާކިޓްވުން ނުވަތަ އެކްސިޑެންޓަލްކޮށް އެކްޓިވޭޓްވުން ހުއްޓުވުމަށް ޓަކައި، މި ތަކެތި ގެންދަންވާނީ އޭގެ އަސްލު ޕެކޭޖިންގައި، ނުވަތަ އެ ނޫން ވެސް ގޮތަކަށް އިންސިއުލޭޓްކުރެވިފައިވާ ޓާމިނަލްތަކާ އެކު ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހާމަވެފައިވާ ޓާމިނަލްތަކުގައި ޓޭޕް އަޅައިގެން ނުވަތަ ކޮންމެ ވަސީލަތެއް ވަކި ޕްލާސްޓިކް ކޮތަޅެއްގައި ނުވަތަ ރައްކާތެރިކަން ދޭ ޕައުޗެއްގައި ބަހައްޓައިގެން.

ގައުމީ އެއާރލައިންގ މޯލްޑިވިއަން

މި ފަހުން ބައިނަލްއަގްވާމީ ބައެއް އެއާލައިންތަކުން ވެސް ވަނީ ޕަވާ ބޭންކު ބޯޓުގައި ބޭނުންކުރުން މަނާކޮށްފައެވެ.

އެގޮތުން ސިންގަޕޫރު އެއާލައިންސް (އެސްއައިއޭ) އާއި ޓައިވާންގެ އެއާލައިނެއް ކަމަށްވާ އީވީއޭ އެއާގެ ފްލައިޓްތަކުގެ އިތުރުން ތައި އެއާވޭސް ފަދަ އެއާރލައިން ތަކުން ވެސް ވަނީ މަތިންދާބޯޓުގައި ޕަވާ ބޭންކް ބޭނުންކުރުން މަނާކޮށްފައި އެވެ.

މި ފިޔަވަޅު އަޅާފައިވާ އެހެން އެއާލައިންތަކުގެ ތެރޭގައި އެއާ އޭޝިއާ، ތައި އެއާވޭސް، ސްޓާލަކްސް އެއާލައިންސް، ޓައިގާއެއާ ޓައިވާން އަދި ޗައިނާ އެއާލައިންސް ހިމެނެއެވެ.

- ކޮމެންޓް