Advertisement
ކ. މާލެ
|
7 ޑިސެންބަރ 2025 | އާދީއްތަ 08:35
މިއާމީ އާއެކު މެސީ އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، ތަށި އުފުލާލަނީ
މިއާމީ އާއެކު މެސީ އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، ތަށި އުފުލާލަނީ
ރޮއިޓަރސް
އެމްއެލްއެސް ކަޕް
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި
އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މިއާމީ އާއެކު މެސީ ކާމިޔާބު ކޮށްފައިވާ ތަށީގެ އަދަދު ވަނީ ހަތަރަށް އަރައިފަ އެވެ. އެއާ އެކު، މެސީގެ ކެރިއަރުގައި މިހާތަނަށް އޭނާ ކާމިޔާބު ކޮށްފައިވާ ތަށީގެ އަދަދު ވަނީ 48 އަށް އަރައިފަ އެވެ. ފުޓުބޯޅައިގައި މިހާތަނަށް އެންމެ ގިނަ ތަށި ކާމިޔާބު ކުރުމުގެ ރެކޯޑު އޮތީ ވެސް މެސީ އަތުގަ އެވެ.

އެމްއެލްއެސް ކަޕް ގެ ފައިނަލްގައި ވެންކޫވާގެ މައްޗަށް ކުރި ހޯދައި، އިންޓަރ މިއާމީ އިން އެމްއެލްއެސް ކަޕް ކާމިޔާބު ކޮށްފި އެވެ.

އާދީއްތަ ދުވަހު ގެ ފަތިހު ކުޅުނު އެމްއެލްއެސް ކަޕް ގެ ފައިނަލް ގައި މިއާމީ އިން ވަނީ 3-1 އިން ވެންކޫވާގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި މިއާމީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ވެންކޫވާ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް، އިތުރު ދެ ލަނޑު ޖަހައިގެން މިއާމީ ވަނީ މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން އަށް ވަނަ މިނެޓު ގައި މިއާމީ އަށް ލީޑު ލިބުނީ ވެންކޫވާ ގެ އެޑިއާ އޮކަމްޕޯ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. ނަމަވެސް، ދެ ވަނަ ހާފުގައި ވެންކޫވާ އިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެގޮތުން މެޗުގެ 60 ވަނަ މިނެޓުގައި އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އަލީ އަހުމަދު އެވެ.

ދެ ވަނަ ފަހަރަށް މެޗުގައި މިއާމީ އިން ލީޑު ނެގީ 71 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ރޮޑްރީގޯ ޑި ޕައުލް އެވެ. އޭނާ އެ ލަނޑު ޖެހީ މިއާމީގެ ކެޕްޓަން ލިއޮނަލް މެސީ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި މިއާމީގެ ތިން ވަނަ ލަނޑު ޖެހީ ޓަޑެއޯ އަލެންޑޭ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ މެސީ އެވެ.

އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މިއާމީ އާއެކު މެސީ ކާމިޔާބު ކޮށްފައިވާ ތަށީގެ އަދަދު ވަނީ ހަތަރަށް އަރައިފަ އެވެ. އެއާ އެކު، މެސީގެ ކެރިއަރުގައި މިހާތަނަށް އޭނާ ކާމިޔާބު ކޮށްފައިވާ ތަށީގެ އަދަދު ވަނީ 48 އަށް އަރައިފަ އެވެ. ފުޓުބޯޅައި ގައި މިހާތަނަށް އެންމެ ގިނަ ތަށި ކާމިޔާބު ކުރުމުގެ ރެކޯޑު އޮތީ ވެސް މެސީ އަތުގަ އެވެ.

އާޖެންޓީނާ އާއެކު މެސީ ހަ ތައްޓެއް ކާމިޔާބު ކޮށްފައިވާއިރު، ސްޕެއިންގެ ބާސެލޯނާ އާއެކު ވަނީ 35 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާއެކު ހަ ތައްޓެއް ކާމިޔާބު ކޮށްފައިވާއިރު، މިއާމީ އާއެކު ވަނީ ހަތަރު ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

- ކޮމެންޓް