ކ. މާލެ
|
29 ޖޫން 2025 | އާދީއްތަ 19:04
ބެންކޮކް އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ
ބެންކޮކް އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ
ސޯޝަލް މީޑިއާ
ބެންކޮކް އެއާވޭސް
ބެންކޮކް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލަނީ
ދަތުރުތައް ހުއްޓާލަން ނިންމާފައިވަނީ ޖުލައި 1 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް

ތައިލެންޑާއި ރާއްޖެއާއި ދެމެދު ޑައިރެކްޓް ދަތުރުތައް ކުރާ ބެންކޮށް އެއާވޭސްއިން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނަޑާލަން ނިންމައިފިއެވެ.

ބެންކޮކް އެއާވޭސްއިން ދަތުރުތައް ހުއްޓާލަން ނިންމާފައިވަނީ ޖުލައި 1 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ނަމަވެސް ސެޕްޓެންބަރު މަހުން ފެށިގެން އެ އެއާލައިނުން އަނެއްކާވެސް ދަތުރުތައް ފަށަން ހަމަޖެހިފައިވާ ކަމަށް ވެބްސައިޓުން ދައްކައެވެ.

ރާއްޖެއަށް ކުރާ ދަތުރުތައް ބެންކޮކް އެއާވޭސް އިން ހުއްޓާލަން ނިންމާފައިވާ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން އީނާ މޯލްޑިވްސް ގެ ވެރިޔާ މުހައްމަދު ފިރާގް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ފޭސްބުކް ޕޯސްޓެއް ކުރަށްވާފައެވެ. އެ ޕޯސްޓުގައި ފިރާގު ވިދާޅުވީ، ބެންކޮކް އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތަށް މެދުކަނޑާލަނީ ފަތުރުވެރިކަމުގެ މާކެޓުގެ ހާލަތު ދަށްވެގެން ކަމަށެވެ. އަދި ވިދާޅުވީ، ދެމަހަށް ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމި ނަމަވެސް އެ އެއާލައިނާއެކު މަޝްވަރާކޮށް ސެޕްޓެމްބަރުގެ ކުރިން އަލުން ދަތުރުތައް ފެއްޓޭނެ ކަމަށް އުންމީދު ކުރާކަމަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މިހާރަށްވުރެ ރަނގަޅަށް ރާއްޖެ އިސްތިހާރު ކުރަންޖެހޭ ކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އެއާލައިނުން ދަތުރުތައް ހުއްޓާލަން ނިންމާފައިވާ ދުވަސް ތަކަކީ ފަތުރުވެރިކަން ރަނގަޅުވާ ދުވަސްވަރެކެވެ. އެ ދުވަސްވަރު އެ ދަތުރުތައް ރާއްޖެ ނުކުރެވޭ ނަމަ ރާއްޖޭގެ ފަތުރުވެރިކަން ދަށްވެދާނެ ކަމަށް ލަފާކުރެވެއެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ އޭޕްރިލް މަހު އެ ގައުމުން 2،695 މީހުން ޒިޔާރަތްކޮށްފައިވާއިރު އޭގެ ކުރީ މަހު 1،387 މީހުން ރާއްޖެ އައިސްފައިވެއެވެ.

- ކޮމެންޓް