ރަޝިޔާ އިން ޔޫކްރެއިންނަށް މިހާތަނަށް ދިން އެންމެ ވަރުގަދަ ހަމަލާތައް ހޮނިހިރު ދުވަހުގެ ރޭ ދީފިއެވެ.
ޔޫކްރެއިންގެ އޮފިޝަލެއް އާދީއްތަ ދުވަހު އެސޯސިއޭޓެޑް ޕްރެސް އަށް މައުލޫމާތު ދިން ގޮތުގައި ރޫސީ ވިލާތުން ޔޫކްރެއިނަށް މިހާތަނަށް ދިން އެންމެ ބޮޑު ވައިގެ ހަމަލާ ދީފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑުގެ ވަގުތުގައެވެ. މިއީ 3 އަހަރު ވެފައިވާ ހަނގުރާމަ ނިންމުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ހުރަސްތަކެއް ކުރިމަތި ކުރުވި ހަމަލާ އެއްގެ ގޮޮތުގައި ބެލެވެއެވެ.
ޔޫކްރެއިންގެ އެއަރ ފޯސްއިން ބުނި ގޮތުގައި ރޫސީ ވިލާތުން ވައިގެ މަގުން ހޮނިހިރު ދުވަހުގެ ރޭ ޖުމްލަ 537 ވައިގެ ހަމަލާ ޔޫކްރެއިން އަށް ދީފައިވެއެވެ. މީގެ ތެރޭގައި 477 ޑްރޯން އަދި ޑިކޯއި އާއި 60 މިސައިލް ހިމެނެއެވެ. މީގެ ތެރެއިން 249 އަސްކަރީ އާލާތް ވަނީ ވައްޓާލެވިފައެވެ. އަދި 226 ހަތިޔާރު އިލެކްޓްރޯނިކް ޖެމިންގގެ ސަބަބުން ގެއްލިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
ޔޫކްރެއިންގެ އެއަރ ފޯސްގެ ކޮމިއުނިކޭޝަންސް ވެރިޔާ ޔޫރީ އިހްނަޓް އެސޯސިއޭޓެޑް ޑް ޕްރެސްއަށް ވިދާޅުދާޅުވި ގޮތުގައި މި ހަމަލާއަކީ ފެބްރުއަރީ 2022 ގައި ރޫސީ ވިލާތުން ފުޅާ ދާއިރާއެއްގައި ފެށި ހަމަލާ ތަކުގައި ދިން "އެންމެ ބޮޑު ވައިގެ ހަމަލާ" އެވެ. މި ހަމަލާ އަމާޒު ކުރެވުނީ ހަނގުރާމައިގެ ފްރަންޓްލައިނުން ދުރުގައިވާ ހިސާބުތަކުގެ ގިނަ ސަރަޙައްދުތަކަކަށެވެ.
ޕޮލެންޑްގެ އެއަރ ފޯސްއިން ބުނި ގޮތުގައި ޕޮލެންޑާއި އެގައުމުގެ އެކުވެރި ގައުމުތަކުން ޕޮލެންޑްގެ ވައިގެ ސަރަހައްދު ރަޝިޔާގެ ހަމަލާތަކުން ރައްކާތެރިކަން ކަށަވަރު ކުރުމަށް މަތިންދާ ބޯޓުތައް ފޮނުވާފައިވެއެވެ.