ކ. މާލެ
|
26 ޖޫން 2025 | ބުރާސްފަތި 23:27
ރ. ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ރ. ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ރާއްޖެއެމްވީ
އެކްސިޑެންޓު
ރ. ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހުންނަށް ފަރުވާދެނީ
މި ތިން މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވޭ

ރ. ފައިނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަނިޔާވި 4 މީހުންނަށް ފަރުވާދެމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.

ފުލުހުން ބުނެފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ 7.30 އެހާކަންހާއިރު ރ. ފައިނުގައި ހިނގި އެކްސިޑެންޓުގައި 18 އަހަރު ނުފުރޭ ކުއްޖަކު ދުއްވި ސައިކަލަކުން މަގުމަތީގައި ކަސްރަތު ކުރަން ތިބި ބައެއްގެ ގައިގައި ޖެހި އެކްސިޑެންޓެއް ވެފައިވާ މައްސަލައަށް 8.23 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި 2 ފިރިހެން ކުދިންނަށާއި، ކަސްރަތު ކުރަންތިބި ދެ ފިރިހެނުންނަށް ވަނީ އަނިޔާ ލިބިފައެވެ. އޭގެ ތެރެއިން ސައިކަލުގައި ތިބި ދެ ކުދިންނާއި، 49 އަހަރުގެ ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ވަނީ ލިބިފައެވެ. މި އެންމެންނަށްވެސް ފަރުވާ ދެމުންދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައެވެ.

މި ތިން މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ޓޯކޮށް މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެއެވެ.

- ކޮމެންޓް