ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލައި ދިވެއްސަކު ނިޔާވެއްޖެއެވެ.
ސިވިކްގެ ލޭންޑިން ކްރާފްޓެއް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލުމާއި ގުޅިގެން އެމްއެންޑީއެފުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އެމްއެންޑީއެފުން ބުނީ، ސިވިކްގެ ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލުމާއި ގުޅިގެން، އޭގެން ދަތުރުކުރި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުން އަންނަކަމަށެވެ.
އިތުބާރު ހުރި ފަރާތަކުން މައުލޫމާތު ދިން ގޮތުގައި ދަތުރު ކުރި މީހުން ސަަލާމަތްކޮށްގެން ގެންދިޔައީ ޅ. އަތޮޅު ހޮސްޕިޓަލް ހުންނަ ނައިފަރަށެވެ. އަދި މިހާތަނަށް ފަސް މީހަކު އެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން އެކަކު ނިޔާވެފައި ވާކަމަށްވެސް އެ ފަރާތުން މައުލޫމާތުދެއެވެ.
ލޭންޑިން ކްރާފްޓުން ދަތުރުކުރި މީހުންގެ ތެރޭއިން މިހާތަނަށް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ 2 ބިދފޭސީންނާއި 3 ދިވެހިންނެވެ.